Last Updated: April 19, 23:09
Saturday, April 19, 2025
ޚަބަރު

ޓޫރިސްޓުންނަށް ކާންދޭ އިރު ސަމާލުވާން އެދިއްޖެ

މާފުށީގައި ޓޫރިސްޓުންތަކެއް.

މީހުން އުޅޭ ރަށްރަށުގައި ޓޫރިސްޓުންނަށް ރޯދަ މަހު ހިދުމަތްދޭ އިރު، ވީހާ ވެސް ބޮޑަށް ފަރުވާތެރިވެ ގަވާއިދުތަކާ އެއްގޮތަށް އަމަލު ކުރުމަށް ލޯކަލް މިނިސްޓަރު އާދަމް ޝަރީފު އިލްތިމާސް ކުރައްވައިފި އެވެ.

ސޯޝަލް މީޑިއާ ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ ވަކިން ހާއްސަކޮށް ރޯދަ މަހުގެ ދުވާލު މުސްލިމު ނޫން ޓޫރިސްޓުންނަށް ކާންދޭ އިރު ރަށްރަށުގައި ގެސްޓުންނަށް ކާން ދިނުމާ ގުޅޭ ގޮތުން އަމަލު ކުރަމުން އަންނަ ޤަވާއިދުތަކާ އެއް ގޮތަށް ޢަމަލު ކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

އެގޮތުން ޓޫރިސްޓުންނަށް ރޯދަ މަހު ކާންދޭ އިރު އެކަމާ ގުޅޭ ގޮތުން ސަރުކާރުން އެކުލަވާލާފައވާ އުޞޫލުތަކާއި، މިންގަނޑުތަކާ ޚިލާފު ނުވާ ގޮތަށް އަދި އެ ރަށެއްގައި އުޅޭ އާންމު ރައްޔިތުންނަށް ނުފެންނާނެ ގޮތަކަށް ޚިދުމަތް ދިނުމަށް ޚާއްޞަ ސަމާލު ދިނުމަށް އާދަމް ޝަރީފު އިލްތިމާސް ކުރެއްވި އެވެ.

ރާއްޖޭގެ ވަރަށް ގިނަ ރަށްރަށަށް ލޯކަލް ޓޫރިޒަމް ފުޅާވެފައިވާ އިރު، ރަށްރަށުގައި ހިންގާ ޓޫރިސްޓް ފެސިލިޓީތަކަށް ގިނަ އަދަދެއްގެ ޓޫރިސްޓުން ޗުއްޓީ ހޭދަކުރަން އާދެ އެވެ.