މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެ އިން މީހަކު ހައްޔަރުކޮށްފި އެވެ.
ފޭސް ދޭކުން ހައްޔަރުކޮށްފައި ވަނީ ބ. ކަމަދޫ، މިނާ، އިބްރާހީމް ޝާއިން ސަޢީދު، 20، އެވެ.
ފުލުހުން ބުނީ އޭނަ ހައްޔަރުކުރީ މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ރޭ ފޭސް ދޭ ގެ ފުލުހުން ހިޔާ ޓަވަރު ތިނެއް ޕެޓްރޯލް ކުރަމުންދި ޔައިރު އޭނަގެ އަމަލުތައް ހުރި ގޮތުން ގާނޫނާއި ގަވާއިދާ ހިލާފު އެއްޗެއް ގެންގުޅޭކަމަށް ތުހުމަތުުކުރެވިގެން ހުއްޓުވައި ބަލައިފާސް ކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނުމާ ގުޅިގެން ކަމަށެވެ.
އަދި ހިޔާ ޓަވަރު ތިނެއްގެ 24 ވަނަ ފަންގިފިލާގެ އުތުރު ފަރާތު ސިޑިގޮޅި ކައިރިން ޝާއިން ހުއްޓުވައި ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 42 ރަބަރު ޕެކެޓާއި ހަތް ސެލޯފިންކޮޅު ފެނިފައިވާ ކަމަށާއި އެ ތަކެތީގެ ވަގުތީ ބަރުދަންގައި 10.98 ގުރާން ހުރި ކަމަށް ފުލުހުން ބުންޏެވެ.
އޭނަގެ ބަންދާމެދު ގޮތެއް ނިންމުމަށް ޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުރުމުން ބަންދަށް 7 ދުވަސް ޖަހާފައިވެ އެވެ.