މިފްކޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޑރ. ވިޓާލީ ލިއުބިމޮވް އެ މަގާމުން ވަކިކޮށްފި އެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ބުނީ އެ މަގާމުން ޑރ. ވިޓާލީ ވަކިކުރީ މިއަދު ކަމަށެވެ. ނަމަވެސް މަގާމުން ވަކިކުރި ސަބަބެއް ހާމަކޮށްފައެއް ނުވެ އެވެ.
މި މަގާމަށް ޑރ. ވިޓާލީ ހަމަޖެއްސީ މިދިޔަ އަހަރުގެ ފަހުކޮޅު އެވެ. ޔުކްރޭނަށް ނިސްބަތްވާ ޑރ. ވިޓާލީ އަކީ މިފްކޯގެ ސީއީއޯގެ މަގާމު ފުރުއްވި ރާއްޖެއިން ބޭރުގެ ފުރަތަމަ ފަރާތެވެ.
ޑރ. ވިޓާލީގެ ކުރިން މިފްކޯގެ ސީއީއޯގެ މަގާމުގައި ހުންނެވީ ސަމާހު ރަޝީދެވެ. މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި އޭނާ ވަނީ މަގާމުން ވަކިކޮށްފަ އެވެ.
ސަރުކާރުގެ މަސް ކުންފުނި، މިފްކޯ އަކީ 1993 ގައި އުފެއްދި ކުންފުންޏެކެވެ.