Last Updated: April 20, 06:46
Sunday, April 20, 2025
ޚަބަރު

ފުވައްމުލަކުގައި ސީޓީ ސްކޭން ހިދުމަތް ފަށަނީ

ފުވައްމުލަކު ހޮސްޕިޓަލަށް ހެލްތު މިނިސްޓްރީން ސީޓީ ސްކޭން މެޝިނެއް ފޮނުވައިފި އެވެ

އެ ހޮސްޕިޓަލުން ބުނީ މިއީ އެ ސިޓީން ދެމުން އަންނަ ސިއްޙީ ޚިދުމަތްތައް ރަނގަޅުކޮށް، ޒަމާނީ ފަރުވާ ދިނުމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. ސީޓީ ސްކޭން މެޝިނުގެ ފައިނަލް އިންސްޕެކްޝަން ވެސް މިހާރު ނިންމާފައިވާ އިރު، ވީހާ ވެސް އަވަހަކަށް ހިދުމަތް ފެށުމަށްޓަކައި ހެލްތު މިނިސްޓްރީގެ ޓީމަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުވައްމުލަކި ހޮސްޕިޓަލުން ބުންޏެވެ.

ނަމަވެސް ޚިދުމަތް ފަށާނެ އިރެއް އަދި ނުނިންމަ އެވެ.

ފުވައްމުލަކު ހޮސްޕިޓަލަށް ސީޓީ ސްކޭން މެޝިނެއް ގެންގޮސް ހިދުމަތް ދޭން ތައްޔާރުވާން ފަށާފައި މި ވަނީ އެ ހޮސްޕިޓަލްގެ ހިދުމަތްތަކާ މެދު އާންމުން މި ފަހަކަށް އައިސް ސޯޝަލް މީޑިއާގައި ވެސް ކަންބޮޑުވުން ވެސް ފާޅުކުރަމުން ދަނިކޮށެވެ.