Last Updated: April 19, 21:11
Saturday, April 19, 2025
މުނިފޫހިފިލުވުން

ސޮނާލްގެ ޗުއްޓީ ފުރަވަރީގައި

ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދި ބޮލީވުޑްގެ ފިލްމު "ޖަންނަތު" ގެ ބަތަލާ ސޮނާލް ޗޯހަން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.

މި ދަތުރުގެ ފޮޓޯތަކާއި ބައެއް ވީޑިއޯތައް ވެސް އޭނަގެ އިންސްޓަގްރާމްގައި ޕޯސްޓްކޮށްފައިވެ އެވެ.

އިމްރާން ހާޝިމީ ބަތަލުގެ ރޯލު ކުޅުނު 2008 ގެ "ޖަންނަތު" އިން ބޮލީވުޑަށް ތައާރަފުވި ސޮނާލް، 39، އަކީ ބޮލީވުޑްގެ އިތުރުން އިންޑިއާގެ ދެކުނުގެ ފިލްމުތަކުގައި ވެސް މަސައްކަތްކުރާ ބަތަލާއެކެވެ. އެގޮތުން އޭނަ މިހާތަނަށް ތަމަޅަ، ތެލެގޫ އަދި ކަންނާޑާ ފިލްމުތަކެއް ކުޅެފައިވެ އެވެ.

ސޮނާލްގެ އެންމެ ފަހުގެ ހިންދީ ފިލްމަކީ ޕްރަބާސްގެ 2023 ގެ "އާދިޕުރުޝް" އެެވެ. މިހާތަނަށް މާ ބޮޑު ކުރިއެރުމެއް ހޯދިފައި ނުވާ ބަތަލާގެ އިތުރު ހިންދީ ފިލްމުތަކުގެ ތެރޭގައި "ބުއްޑާ ހޯގާ ތޭރާ ބާޕް" އާއި "3ޖީ" ގެ އިތުރުން "ޕަލްޓާން" ހިމެނެ އެވެ.