Last Updated: April 19, 17:48
Saturday, April 19, 2025
ޚަބަރު

އިހްޔާ ފޯރަމް މިރޭ ގައްދޫގައި

ރޯދަ މަހުގެ ރޭތައް އިސްލާމިކް މިނިސްޓްރީން ބާއްވާ އިހްޔާ ފޯރަމްގެ ތެރެއިން އަތޮޅު ތެރޭގައި މި އަހަރު ބާއްވާ ފުރަތަމަ ފޯރަމް މިރޭ ގދ. ގައްދޫގައި ބާއްވަން ތައްޔާރުވެއްޖެ އެވެ.

"ނުރަނގަޅު އާދަތައް ދޫކުރުން" އެ މަޢުޟޫއަށް މިރޭގެ ފޯރަމްގައި ތަޤުރީރު ކުރައްވާނީ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝައިޚް ޢަބްދުﷲ ސަޢުދާނެވެ.

މި ރޯދަ މަހު 7 ރަށެއްގައި ފޯރަމް ބާއްވަން އޮތީ ނިންމައިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ގައްދޫގެ އިތުރުން ހދ. ނާވައިދޫ، ތ. ގުރައިދޫ، ފުވައްމުލައް، ހއ. ބާރަށް، ނ. މަނަދޫ އަދި ރ. މީދު އެވެ.

މި އަހަރުގެ ފުރަތަމަ ފޯރަމް މިދިޔަ އާދީއްތަ ދުވަހުގެ ރޭ ބޭއްވީ އިސްލާމީ މަރުކަޒުގަ އެވެ.