އދ. މަހިބަދޫގައި ހުންނަ އދ. އަތޮޅު ހޮސްޕިޓަލަށް 8 ދާއިރާއަކުން ދިވެހި ޑޮކްޓަރުން ހޯދަން އިއުލާންކޮށްފި އެވެ.
ހޯދަނީ ސީނިއާ ކޮންސަލްޓަންޓް، ކޮންސަލްޓެންޓް، އެސޯސިއޭޓް ސްޕެޝަލިސްޓް (އެނެސްތީސިއޮލޮޖީ)، ސާޖަރީ، އޮބްސްޓްޓެރިކްސް އެންޑް ގައިނޮކޮލޮޖީ، ޕީޑިއެޓްރިކްސް، ރޭޑިއޮލޮޖީ އަދި އިންޓާނަލް މެޑިސިން ދާއިރާގެ ޑޮކްޓަރުންނެވެ.
މިއިން ކޮންމެ ދާއިރާތަކުން ހޯދަނީ އެއް ޑޮކްޓަރުން ކަމަށް އދ. އަތޮޅު ހޮސްޕިޓަލުން ބުންޏެވެ.
އެހެންވެ ޝައުގުވެރިވާ ޑޮކްޓަރުންނަށް އެޕްލައި ކުރުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 10 އާ ހަމައަށެވެ. ކުރިމަތިލާ ޑޮކްޓަރުންނާ އިންޓަވިއު ކުރުމާއ އިމްތިޙާން އޮންނާނީ މި މަހުގެ 20-30 އާ ދޭތެރޭގަ އެވެ.