Last Updated: April 20, 11:51
Sunday, April 20, 2025
ޚަބަރު

ޤައިދީންނަށް ޕްރޮގްރާމެއް

އައްސޭރި ޖަލާއި ހުޅުމާލޭ ޖަލުގައި ޙުކުމް ތަންފީޒު ކުރަމުން އަންނަ ޤައިދީންނަށް ރަމަޟާން މަހަށް ޚާއްސަކޮށް 'އަވަސްވެ ގަންނާށެ' ގެ ނަމުގައި ޕްރޮގްރާމެއް ފަށައިފިއެވެ.

މި ޕްރޮގްރާމް ފެށީ މިދިޔަ މަހުގެ 24 ގަ އެވެ.

އެ ޕްރޮގްރާމު އައްސޭރި ފައްޓަވައި ދެއްވީ އައްސޭރި ޖަލުގެ ޑެޕިއުޓީ ޑިރެކްޓަ އެސިސްޓަންޓް ސުޕްރިންޓެންޑަންޓް އޮފް ޕްރިޒަންސް މުޙައްމަދު ޙުސެއިނެވެ. އަދި ހުޅުމާލޭ ޖަލުގައި މި ޕްރޮގްރާމް ފައްޓަވައިދެއްދެއްވީ ޑެޕިއުޓީ ކޮމިޝަނަ އޮފް ޕްރިޒަންސް އިބްރާހިމް މުޙައްމަދު ދީދީ އެވެ.

ފަސް ހަފްތާއަށް ބަހައިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި އައްސޭރި ޖަލުގެ 116 ޤައިދީން ބައިވެރިވެފައިވާ އިރު،ހުޅުމާލޭ ޖަލުން 51 ޤައިދީން ބައިވެރިވެ އެވެ.

ޕްރޮގްރާމުގެ މަގުޞަދަކީ ޤައިދީން ރަމަޟާން މަހަށް ފުރިހަމަ ގޮތުގައި އިސްތިޤްބާލު ކުރުވުމާއި އެ މައްސަރުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފުމަށް ބާރުއެޅުމާއި، އިސްލާމް ދީނާއި ކީރިތި ޤުރުޢާނަށް ލޯބިކުރާ ބަޔަކަށް ވުމަށް ބާރުއެޅުމެވެ. މީގެ އިތުރުން މި ޕްރޮގާމް މެދުވެރިކޮށް ބައިވެރިންނަށް އިސްލާމް ދީންގެ އަސާސީ މަޢުލޫމާތު ފޯރުކޮށްދިނުމާއި އިސްލާމީ ރިވެތި ސިފަތަކާއި އުޞޫލުތަކާ އެއްގޮތަށް އަޚްލާގާއި ސުލޫކަށް ބަދަލު ގެނައުމަށް ބާރުއަޅާނެ އެވެ.

ކަރެކްޝަންސް އިން ބުނީ މިފަދަ ޕްރޮގްރާމްތަކަކީ ޤައިދީންގެ ރިހެބިލިޓޭޝަނަށް ވަރަށް މުޙިއްމު ޕްރޮގްރާމްތަކެއް ކަމަށެވެ.