އުމުރުން 18 އަހަރުން ދަށުގެ އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕުގައި ވާދަކުރާ ރާއްޖޭގެ ގައުމީ ޓީމު އިއުލާންކޮށްފި އެވެ.
އެތުލެޓިކްސް އެސޯސިއޭޝަނުން ބުނީ އެ މުބާރާތުގައި ރާއްޖެއިން ވާދަ ކުރާނީ ރައިން މުޙައްމަދާއި އައިމިނަތު ލުހުޔާ އަހުމަދާއި ޒީކު އަޝްރަފް ރަޝީދާއި އަހުނަފު ރައްޔާން ފަހުމީގެ އިތުރުން ޔޫސުފް ނައިކް ވަޖީހް ކަމަށެވެ.
މި މުބާރާތް އޮންނާނީ ސައުދީ އަރަބިއްޔާގެ ދައްމާމުގައި އަންނަ މަހުގެ 15-18 އަށެވެ.
މި ފަހަރުގެ މުބާރާތުގެ ޓްރެކް އެންޑް ފީލްޑް އިވެންޓުތަކުގެ ތެރޭގައި 100 މީޓަރާއި، 200 މީޓަރާއި، 400 މީޓަރާއި، 800 މީޓަރާއި، 1500 މީޓަރު އަދި 3000 މީޓަރު ދުވުމާއި، 110 މީޓަރު އަދި 400 މީޓަރު ހާޑްލްސް އާއި، 2000 މީޓަރު ސްޓީޕްލްޗޭސް ހިމެނެއެވެ. މީގެ އިތުރުން 5000 އަދި 10000 ރޭސް ވޯކިން އިވެންޓް އޮންނާނެ އެވެ.
އެންމެ ފަހުން 18 އަހަރުން ދަށުގެ އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕް ބޭއްވީ 2023 ގައި އުޒްބެކިސްތާނުގަ އެވެ.
އެ މުބާރާތުގައި ރާއްޖޭގެ އަހުނާ ނިޒާރާއި ޒީވާ މޫސާ ވަނީ ވާދަކޮށްފައިވެ އެވެ.