ރެޖިސްޓްރާ އޮފް ކޮމްޕެނީސްގެ މަގާމުން މަރިޔަމް ވިސާާމް އިސްތިއުފާ ދެއްވައިފި އެވެ.
ވިސާމް އިސްތިއުފާ ދެއްވީ މި ހަފްތާގެ ތެރޭގަ އެވެ. ނަމަވެސް މަގާމުން އިސްތިއުފާ ދެއްވި ސަބަބެއް އެނގިފައެއް ނުވެ އެވެ.
ރަޖިސްޓްރާ އޮފް ކޮމްޕެނީސްގެ މަގާމަށް ވިސާމް އައްޔަންކުރީ ޖެނުއަރީ 4، 2014 ގަ އެވެ.
ވިސާމަކީ، އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ކްއީންސްލެންޑުން ބިޒްނަސް އިކޮނޮމިކްސްގެ ދާއިރާއިން މާސްޓާޒް ޑިގްރީ ޙާޞިލު ކުރައްވާފައިވާ ފަރާތެކެވެ. އޭނާ ބެޗްލާޒް ޑިގްރީ ޙާޞިލުކޮށްފައިވަނީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ނޮދަންބްރިއާއިން މާކެޓިން މެނޭޖްމަންޓުގެ ދާއިރާއިންނެވެ.
މީގެކުރިން ވިސާމް ވަނީ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ޑިރެކްޓާ ޖެނެރަލްގެ މަގާމާއި އެތަނުގެ މެނޭޖަރު ކަމުގެ މަޤާމާއި، ޑެޕިއުޓީ މެނޭޖަރު ކަމުގެ މަޤާމު އަދާކޮށްފަ އެވެ.
ހިޔާލު ފާޅުކުރައްވާ