މިއަހަރުގެ ރޯދަ ހަދިޔާއެއްގެ ގޮތުގައި ބ. ކަމަދޫގެ ކޮންމެ ގެއަކަށް ބިސް ކޭހެއް ދިނުމަށް، މީދޫ ދާއިރާގެ މެންބަރު އަދި އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް މުހައްމަދު (ސަން ސިޔާމު) ނިންމަވައިފި އެވެ.
އެމްޑީއޭގެ ނައިބު ރައީސް އަދި ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވީ ރޯދަ މަހު ކަމަދޫގައި މީހުން ދިރިއުޅޭ ކޮންމެ ގެއަކަށް ސިޔާމް ކެއާގެ ފަރާތުން ބިސް ކޭހެއް ދިނުމަށް ސިޔާމް ނިންމާފައިވާ ކަމަށެވެ.
ކަމަދުއަކީ ސިޔާމް އެންމެފަހުން ކައިވެނި ބައްލަވައިގަތް އާމިނަތު ޒާރާ ނިސްބަވްތާ ރަށެވެ.
ސިޔާމް ދާދިފަހުން ވަނީ އާބާދީގައި ގާތްގަނޑަކަށް 560 އެއްހާ މީހުން ދިރިއުޅޭ ކަމަދޫގެ ހުރިހާ ރައްޔިތުންނަށް ހިލޭ ބޭސްފަރުވާ ކުރެވޭނެ ގޮތް ވެސް ހަމަޖައްސައި ދީފަ އެވެ.