Last Updated: April 1, 23:32
Tuesday, April 1, 2025
ޚަބަރު

އުސައިދު އަދިވެސް ނުފެނޭ

މެލޭޝިއާގައި ގެއްލިގެން ހޯދަމުން އައި ދިވެއްސެއް ކަމަށްވާ އަހުމަދު އުސައިދު އިބްރާހިމް އަފީފް ހުރީ ސަލާމަތުން ކަމަށް އޭނާގެ އާއިލާއިން ބުނެފި އެވެ.

އުސައިދު ގެއްލިގެން ހޯދަން ފެށީ މިދިޔަ އާދިއްތަ ދުވަހުގެ މެންދުރު އޭނަ ސަންވޭ ޖިއޯއިން ނިކުމެގެން ދިޔަ ގޮތަށް ހަބަރެއް ނުވުމާ ގުޅިގެންނެވެ. އެވެ. އެހެންވެ އެކަން އާއިލާއިން ރިޕޯޓްކުރުމާއެކު ހަމަ އެ ދުވަހު މެލޭޝިއާގެ ފުލުހުން އުސައިދު ހޯދުމުގެ މަސައްކަތް ފެށި އެވެ.

އުސައިދުގެ ބައްޕަ އަދި ގާނޫނީ ވަކީލު އިބްރާހިމް އަފީފް ރޭ ފޭސްބުކް ޕޯސްޓެއްގައި ބުނީ އުސައިދު ގެއްލުމާ ގުޅިގެން އޭނާ ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރި ކަމަށެވެ. "އެގޮތުން ކުރެވުނު މަސައްކަތުން ސީސީ ފްޓޭޖްތަކުން ލިބުނު މައުލޫމާތުންނާއި، ބައެއް މީހުންގެ ފަރާތުން ލިބުނު މައުލޫމާތުން، އާދިއްތަ ދުވަހު ހަވީރު 4:00 އެހާކަށްހާ އިރު، އުސައިދު ރާއްޖޭގެ އެމްބަސީއަށް ދިޔަކަން އެނގުނު ކަމަށް ބުންޏެވެ.

ނަމަވެސް އެއީބަންދު ދުވަހަކަށްވާތީ އެމްބަސީގެ މީހަކާ ބައްދަލުވާ ގޮތެއްނު ވުމުން، އެތާނގައި ގަޑިއެއްހާއިރު މަޑުކޮށްފައި ނުކުމެގެންދިޔަ އިރު އުސައިދުގެ ވޮލެޓް އާއި ސްޓޫޑެންޓް ކާޑު އޮތީ ބޭއްވިފައި ކަމަށް އަފީފު ބުންޏެވެ. އެ ތަކެތި އެމްބަސީން ވަނީ ފުލުހުން މެދިވެރިކޮށް އާއިލާއާ ހަވާލުކޮށްފަ އެވެ.

އޭނަ ބުނީ މި މަހުގެ 3 ވަނަ ދުވަހު އެމްބަސީ ހުޅުވުމުން އެތަނުގެ ކެމެރާތައް ބަލާ ޗެކްކުރިއިރު އެހިސާބުން އުސައިދު ސަލާމަތުން ހުރިކަން އެނގިފައިވާ ކަމަށެވެ.

"ނަމަވެސް އުސައިދު އަޅުގަނޑުމެންނާ އަދި ބައްދަލެއް ނުވޭ. އިރާދަކުރެއްވިޔާ ވަރަށް އަވަހަށް އުސައިދުގެ ހަބަރެއް ވާނެ." އަފީފް ބުންޏެވެ.