Last Updated: April 19, 21:11
Saturday, April 19, 2025
މުނިފޫހިފިލުވުން

ތަމަންނާ އާއި ވިޖޭގެ ގުޅުން ނިމުމަކަށް!

ވަރަށް އަވަހަށް ކައިވެނި ކުރަން ވެސް އުޅޭ ކަމަށް އަޑުއަރާފައިވާ އިންޑިއާގެ ފިލްމީ ތަރިން ކަމަށްވާ ތަމަންނާ ބާޓިއާ އާއި ވިޖޭ ވަރުމާ މިހާރު ރުޅިވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޕިންކްވިލާ އިން ބުނީ އެ ދެ މީހުންގެ ޑޭޓްކުރަމުން އަންނަތާ ތިން އަހަރެއްހާ ދުވަސް ފަހުން ގުޅުން ނިމުމަކަށް ގެނައީ ދެ މީހުން އަމިއްލަ އަށް ބޭނުންވެެގެން ކަމަށެވެ. ނަމަވެސް އެއީ ކޮން ސަބަބަކާ ހުރެކަން ސާފު ނުވިޔަސް، ތަމަންނާ އާއި ވިޖޭ އެކުވެރިންގެ ގޮތުގައި ތިބޭނެ ކަމަށް އެ ނޫހުން ބުންޏެވެ.

މި ދެ ތަރިންގެ ގުޅުން ނިމުމަކަށް އައި އިރު، މި އަހަރުގެ ތެރޭގައި ކައިވެނި ކުރާނެ ކަމަށް މީޑިއާތަކުން މި ފަހުން ރިޕޯޓްކޮށްފައި ވަނިކޮށެވެ.

ތަމަންނާ، 34، އާއި ވިޖޭ، 38، އެކީގައި ފިލްމެއްގެ މަސައްކަތް ވެސް ކޮށްފައިވެ އެވެ. އެއީ 2022 ގެ "ލަސްޓް ސްޓޯރީސް 2" ގެ ޝޫޓިންގަ އެވެ. އެ އެންތޮލޮޖީގައި ހިމެނޭ އެ މީހުންގެ ސެގްމަންޓަކީ "ސެކްސް ވިތު އެކްސް" އެވެ.

މަދުމަދުން ބޮލީވުޑްގެ ފިލްމުތައް ވެސް ކުޅޭ ތަމަންނާ އަކީ އިންޑިއާގެ ދެކުނުގެ އެންމެ މަޝްހޫރު އެއް ބަތަލާ އެވެ. މިދިޔަ އަހަރު ރިލީޒްކުރި ބޮލީވުޑްގެ ކާމިޔާބު ހޮރޯ-ކޮމެޑީ "އިސްތިރީ 2" އަށް ތަމަންްނާ ކުޅުނު އައިޓަމް ލަވަ "އާޖް ކީ ރާތު" އަކީ ވަރަށް ޓްރެންޑްވި ލަވައެކެވެ.