Last Updated: April 20, 11:51
Sunday, April 20, 2025
ޚަބަރު

ޑްރަގް ފަރުވާ އަށް ފިލި ބަޔަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ ފަރުވާގައި ބައިތިއްބާފައި ވަނިކޮށް ފަރުވާއަށް ފިލައިގެން އުޅުނު ދެ މީހަކު މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފި އެވެ.

ކްރިމިނަލް ކޯޓުން ރޭ ނެރުނު ބަންދު އަމުރުގައިވާ ގޮތުން އެ މައްސަލައިގައި ހައްޔަރުކުރީ މާލެއަށް ނިސްބަތްވާ 40 އަހަރުގެ ފިރިހެނަކާއި އައްޑޫ ހިތަދު އަށް ނިސްބަތްވާ 37 އަަހަރުގެ ފިރިހެނެކެވެ. ހައްޔަރާއި ބަންދުގެ ރެކޯޑް ވެސް އޮންނަ އެ ދެ މީހުން ފިލައިގެން އުޅުނީ ހުޅުމާލޭގައި ހުންނަ ފަރުވާގެ ސެންޓަރުންނެވެ.

ދެ މީހުން ހައްޔަރުކޮށް ބަންދަށް ވަނީ 15 ދުވަސް ޖަހައިފަ އެވެ.

ރާއްޖޭގައި މަސްތުވާތަކެތީ ވަބާގެ މައްސަލަ ހައްލު ކުރަން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ އިރު، ގިނަ ބަޔަކު ފަރުވާ އަށް ވެއްދުމަށް ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން މިހާރު އަންނަނީ ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.