މާލޭގެ ގަރާޖެއްގައި ގަވާއިދާ ހިލާދަށް މަސައްކަތް ކުރަމުން ދިޔަ ބިދޭސީންތަކެއް އަތުލައިގެންފި އެވެ.
އިމިގްރޭޝަނުން މިއަދު ބުނީ އެތަނުގެ "އިމިގްރޭޝަން ވޮޗް" އަށް ލިބުނު ރިޕޯޓަކާ ގުޅިގެން އިއްޔެ މެންދުރު ފަހު ހިންގި އޮޕަރޭޝަނެއްގައި ރާޖެއް ބަލައި ފާސްކޮށް އެތަނުގައި ގަވާއިދާ ހިލާފަށް ވިޔަފާރިކުރަމުން ދިޔަ ދެ ބިދޭސީއަކު ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން މާލެ ސަރަހައްދުގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ފެށި އޮޕަރޭޝަންގައި މިހާތަނަށް އެކި ތަންތަކުން ގިނަ އަދަދެއްގެ ބިދޭސީން އަތުލައިގެންފައިވެ އެވެ. މީގެ ތެރެއިން ބައެއް މީހުން ޑީޕޯޓްކޮށްފައިވެ އެވެ.
އިމިގްރޭޝަނުން ބުނީ ބިދޭސީން ބަލައި ފާސްކުރަން ފެށި ފަހުން، ގަވާއިދުގެ ތެރެއިން އުޅޭ ބިދޭސީން މިހާރު އިތުުރުވަމުން އަންނަ ކަމަށެވެ.