Last Updated: April 19, 23:09
Saturday, April 19, 2025
ޚަބަރު

އަނެއްކާ ވެސް ޕްރިޒަން އޮފިސަރުން ހޯދަނީ

އަނެއްކާ ވެސް ޕްރިޒަން އޮފިސަރުން ހޯދަން ކަރެކްޝަންސް އިން އިއުލާންކޮށްފި އެވެ.

ޝައުގުވެރިވާ މީހުންނަށް އެޕްލައި ކުރުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 19 އާ ހަމައަށެވެ. ޕްރިޒަންސް އޮފިސަ ޓްރެއިނީއެއްގެ އަސާސީ މުސާރަ އަކީ މަހަކު 6050ރ. އެވެ. މީގެ އިތުރުން މަގާމު ހުވާ ކުރުމަށް ފަހު ސާވިސް އެލަވަންސްގެ ގޮތުގައި 3،500ރ. އާއި ނޮން ޕްރެކްޓިސް އަށް އަސާސީ މުސާރައިގެ 45 ޕަސެންޓާއި ލިވިން އެލަވަންސް 2،500ރ. އަދި
ޔުނީފޯމް އެލަވަންސަށް 300ރ. ލިބޭނެ އެވެ.

މަގާމުގެ ޝަރުތުތަކަކީ އޯ ލެވެލް ހަދާފައިވުން ނުވަތަ އެ ފެންވަރުގެ ވޮކޭޝަނަލް ސެޓްފިކެޓެއް އޮތުން ނުވަތަ ގްރޭޑް 10 ނިންމާފައިވުމާއި ޢުމުރު 18 އަހަރު ފުރި 35 އަހަރު ނުފުރޭ މީހަކަށްވުމެވެ. ޕްރިޒަންސް އޮފިސަރުން މަސައްކަތް ކުރަން ޖެހެނީ މާފުށި ޖަލާއި އައްސޭރި ޖަލުގެ އިތުރުން ހުޅުމާލެ ޖަލުގަ އެވެ.

ޕްރިޒަންސް އޮފިސަރުން ހޯދަން މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ވެސް ކަރެކްޝަންސް އިން އިއުލާންކުރި އެވެ.