މެލޭޝިއާ އިން ގެއްލިގެން ހޯދަމުން އައި ދިވެހި ޒުވާނާ މުހައްމަދު އުސައިދު އިބްރާހީމް އަފީފު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ބައެއް މީޑިއާތަކުން އެކަން ރިޕޯޓްކުރި ނަމަވެސް އެކަމާ ގުޅޭ އިތުރު އެއްވެސް ތަފުސީލެއް ހާމައެއް ނުކުރެ އެވެ.
މެލޭޝިއާގައި ކިޔަވަމުން އަންނަ އުސައިދު ގެއްލިގެންފެށީ މިދިޔަ އާދިއްތަ ދުވަހުގެ މެންދުރު އޭނަ ސަންވޭ ޖިއޯއިން ނިކުމެގެން ދިޔަ ގޮތަށް ހަބަރެއް ނުވުމާ ގުޅިގެންނެވެ. އެވެ. އެހެންވެ އެކަން އާއިލާއިން ރިޕޯޓްކުރުމާއެކު ހަމަ އެ ދުވަހު މެލޭޝިއާގެ ފުލުހުން އުސައިދު ހޯދުމުގެ މަސައްކަތް ފެށި ކަމަށް މީޑިއާތަކުން ކުރިން ރިޕޯޓްކޮށްފައިވެ އެވެ.
އުސައިދުގެ ބައްޕަ އަދި ގާނޫނީ ވަކީލު އިބްރާހިމް އަފީފް ރޭ ފޭސްބުކް ޕޯސްޓެއްގައި ބުނީ އުސައިދު ގެއްލުމާ ގުޅިގެން އޭނާ ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރި ކަމަށެވެ. "އެގޮތުން ކުރެވުނު މަސައްކަތުން ސީސީ ފްޓޭޖްތަކުން ލިބުނު މައުލޫމާތުންނާއި، ބައެއް މީހުންގެ ފަރާތުން ލިބުނު މައުލޫމާތުން، އާދިއްތަ ދުވަހު ހަވީރު 4:00 އެހާކަށްހާ އިރު، އުސައިދު މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް ދިޔަކަން އެނގުނު ކަމަށް ބުނެފައިވެ އެވެ.
ނަމަވެސ އެއީ ބަންދު ދުވަހަކަށްވާތީ އެމްބަސީގެ މީހަކާ ބައްދަލުވާ ގޮތެއްނު ވުމުން، އެތާނގައި ގަޑިއެއްހާއިރު މަޑުކޮށްފައި ނުކުމެގެން ދިޔަ އިރު އުސައިދުގެ ވޮލެޓް އާއި ސްޓޫޑެންޓް ކާޑު އޮތީ ބޭއްވިފައި އޮތް ކަމަށް އަފީފު ބުންޏެވެ. އެ ތަކެތި އެމްބަސީން ފުލުހުން މެދިވެރިކޮށް އާއިލާއާ ހަވާލުކޮށްފައިވާ ކަމަށް ވެސް އަފީފު ބުންޏެވެ.
އޭނަ ބުނީ މި މަހުގެ 3 ވަނަ ދުވަހު އެމްބަސީ ހުޅުވުމުން އެތަނުގެ ކެމެރާތައް ބަލާ ޗެކްކުރިއިރު އެހިސާބުން އުސައިދު ސަލާމަތުން ހުރިކަން އެނގިފައިވާ ކަމަށެވެ.
"ނަމަވެސް އުސައިދު އަޅުގަނޑުމެންނާ އަދި ބައްދަލެއް ނުވޭ. އިރާދަކުރެއްވިޔާ ވަރަށް އަވަހަށް އުސައިދުގެ ހަބަރެއް ވާނެ." އަފީފް ބުންޏެވެ.