ރޯދަ މަހުގެ ރޭތައް އިހްޔާކުރަން ވެރިކަން ކުރާ ޕާޓީ، ޕީއެންސީން ވެސް ސިލްސިލާކޮށް އިހްޔާ ފޯރަމް ކުރިއަށް ގެންދަން ނިންމައިފި އެވެ.
އެ ޕާޓީން ބާއްވާ ފުރަތަމަ ފޯރަމް އޮންނާނީ މާދަމާ ރޭ ޕާޓީގެ މައި ޖަގަހައިގަ އެވެ. މާދަމާ 9:30 ގައި ބާއްވާ ފޯރަމް ތަގުރީގު ކުރައްވަން ހަމަޖެހިފައި ވަނީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދި ޝަހީމް އަލީ ސައީދެވެ.
ޕީއެންސީން ބުނީ މާދަމާ ރޭގެ ފޯރަމް ރައްޔިތުންނަށް ދައުވަތު އަރުވާ ކަމަށެވެ.
ރޯދަ މަހުގެ ރޭތައް އިހްޔާ ކުރަން އިސްލާމިކް މިނިސްޓްރީން ވެސް އަންނަނީ މާލެ އާއި އަތޮޅު ތެރޭގައި އިހްޔާ ފޯރަމް ބާއްވަމުންނެވެ. އެގޮތުން މި ރޯދަ މަހުގެ ފުރަތަމަ ފޯރަމް މިދިޔަ އާދީއްތަ ދުވަހުގެ އިސްލާމީ މަރުކަޒުގައި ބޭއްވި އިރު، ތަގުރީރު ކުރެއްވީ ޝަހީމެވެ.
މާލޭގައި ބާއްވާ ދެވަނަ ފޯރަމް މިރޭ އޮންނާނެ އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ މައުމޫން ފައުންޑޭޝަނުން ވެސް އަންނަނީ އިހްޔާ ޖަލްސާތަކެއް ބާއްވަމުންނެވެ.