Last Updated: April 11, 18:01
Friday, April 11, 2025
ޚަބަރު

އައްޑޫ ޕަބްލިކް ވޯކްސް ޔުނިޓުން ގިނަ ކަންކަންކޮށްފި

އައްޑޫގެ ޢުމްރާނީ ތަރައްގީއަށާއި، އާންމު ޚިދުމަތްތަކުގެ ގޮތުގައި ގިނަގުނަ މަސައްކަތްތަކެއް އައްޑޫ ސިޓީ ޕަބްލިކް ވޯކްސް ޔުނިޓުން މިދިޔަ މަހު ކޮށްފައިވާ ކަމަށް އިދާރީ ދާއިރާތަކާ ބެހޭ މިނިސްޓްރީން ބުނެފި އެވެ.

އައްޑޫ ޕަބްލިކް ވޯކްސް ޔުނިޓު ހިންގެވުމާ ޙަވާލުވެ ހުންނެވި ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރު ޙަސަން ނާޒިލު ވިދާޅުވީ މިދިޔަ މަހު ކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި އެމްއެންޑީއެފް އެއަރކޯގެ މަސައްކަތްތަކާއި، އައްޑޫ ސިޓީ ކައުންސިލަށް ބޭނުންވާ 989 ޓަނުގެ ވެލި ޖަމާކޮށް ދިނުމާއި، ލިންކު ރޯޑުގެ އަރިމަތި ސާފުކޮށް ބެލެހެއްޓުމާއި، ހިތަދޫ، ފޭދޫ އަދި މަރަދޫފޭދޫ ސަރަޙައްދުގެ ލިންކު ރޯޑުގެ ތާރުގަނޑުން ހަލާކުވެފައިވާ ތަންތަން މަރާމާތު ކުރުމާއި، ގޯތި ދޫކުރާ ސަރަޙައްދު ސާފުކޮށް ދިނުން ފަދަ އެތައް މަސައްކަތެއްކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން އައްޑޫގެ ކުޅިވަރު ކޯޓުތައް ރަނގަޅުކޮށް ދިނުމަށް ވެސް މުހިންމު މަސައްކަތްތަކެއް ކޮށްފައިިވާ ކަނަށް ޕަބްލިކް ވޯކްސް ޔުނިޓުން ބުންޏެވެ. އެގޮތުން ހިތަދޫ ޔޫތު ސެންޓަރުގެ ގޯތިތެރޭގައި ވޮލީ ކޯޓެއް ހެދުމަށް ބިން ތައްޔާރުކޮށް ދިނުމާއި، އާ ސްވިމިން ޓްރެކް އެޅުމަށް ޓަކައި އެހީތެރިވެ ދިނުމާއި އަދި ފޭދޫ ވޮލީ ކޯޓަށް ވެލި އަޅައި ބިންގަނޑު ލެވެލްކޮށް ދިނުން ވެސް ހިމެނެ އެވެ.

އަދި މިދިޔަ ހިތަދޫ ޑްރައިވިން ޓްރެކްގެ މަސައްކަތާއި، ހިތަދޫ އިންޑަސްޓްރިއަލް ޒޯންގެ މަގުތަކުގެ މަސައްކަތާއި، ބާބަކިޔޫ ސަރަޙައްދާއި، މަރަދޫފޭދޫ ސުކޫލް ކައިރީ އޮތް ހުސްބިން ސާފުކޮށް، ޕާކިން ޒޯން ހެދުމުގެ މަސައްކަތާއި، އެޗްއާރުސީއެމް ކައިރި ސާފުކޮށް ދިނުމުގެ އިތުރުން ރޯދަ ހަދިޔާ ބެހުން ފަދަ މަސައްކަތްތައް ޕަބްލިކް ވޯކްސް ޔުނިޓުންކޮށްފައިވެ އެވެ.