Last Updated: April 20, 11:51
Sunday, April 20, 2025
ޚަބަރު

އަދިވެސް މަސްދަޅު ކޭސް ބަހައި ނުނިމޭ!

ސަރުކާރުން ރޯދައިގެ ހަދިޔާގެ ގޮތުގައި ދޭން ނިންމި މަސްދަޅު ކޭސް އަދިވެސް މުޅިން ބަހައި ނުނިމޭ ކަމަށް ލޯކަލް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ބުނީ ވަރަށް ގިނަ ރަށްތަކަށް މިހާރު މަސްދަޅު ބަހައި ނިމިފައިވާ ކަމަށާއި ބަހައި ނުނިމޭ ހިސާބުތަކުގައި އަންނަ ހޯމަ އަށް އެކަން ނިންމާނެ ކަމަށެވެ.

މިނިސްޓަރު އާދަމް ޝަރީފު އުމަރު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ މިއަދު ހުވަދު އަތޮޅުގައި މަސްދަޅު ކޭސް ބަހާނެ ކަމަށެވެ.

މާލެ ސަރަހައްދުގައި ރޯދަ ހަދިޔާ ބަހަނީ ރޭގަނޑު 9:30 އިން 11:30 އަށެވެ.

ރޯދަ ހަދިޔާގެ ގޮތުގައި ދެނީ 180 ގްރާމްގެ ތެޔޮ މަސްދަޅު ކޭހެވެ. އެގޮތުން ކޮންމެ ގޭބިސީއަކަށް ދެނީ 48 ދަޅުގެ ކޭހެކެވެ.