އަންނާރަކީ އިހުޒަމާނުއްސުރެން ވެސް ދިވެހީންގެ މެދުގައި ވަރަށް މަގުބޫލު މޭވާއެކެވެ. އަދި ރާއްޖެގައި ގިނަ އަދަދަކަށް ހެއްދި މޭވާ އެކެވެ. މިއީ ދިވެހި ބިމުގައި ހައްދަން ކުރިން އެހާ އުދަނގޫ މޭވާއެއް ނޫނެވެ. ނަމަވެސް މިހާރަކަސް އައިސް ރާއްޖޭގައި އިންދައި ހައްދާ އަންނާރު މާކެޓްގައި ނެތެވެ. ގިނައިން ވިއްކަމުން ދަނީ ރާއްޖޭއިން ބޭރުން އެތެރެކުރާ އަންނާރެވެ.
މި މޭވާ އަކީ، ހަށިގަނޑަށް އެތަކެއް ފައިދާތަކެއް ލިއްބައިދޭ މޭވާއަކަށްވާއިރު، ކުރިން ދެންނެވި ފަދައިން މި މޭވާ ރާއްޖެ އިން ލިބުންދަ ތިވެ، ބޭރުން އެތެރެކުރާ އެއްޗަކަށް ވުމުން، ތާރާކަންމަތީ މެވާ ލިބުން ވަނީ ނާދިރު ކަމަކަށް ވެފައެވެ. އަދި ދުނިޔޭގެ އިޤްތިސާދަށް އަންނަ ބަދަލާއެކު ކާބޯތަކެތީގެ އަގު އުފުލިފައިވާއިރު އަންނާރަކީ އެހާމެ އަގު ބޮޑު މޭވާއަކަށްވެސް މިވަނީ ވެފައެވެ.
ދިރާސާތަކުން ދައްކާގޮތުގައި ކޮންމެ ދުވަހަކު އަންނާރު ޖޫސްތަށްޓެއް ބުއިމުން ލޭގެ ޕްރެޝަރު ދަށްކޮށްދިނުމަށް އެހީތެރިވެދެއެވެ. އަންނާރުން ހަށިގަނޑަށް ލިބޭ އިތުރު މުހިއްމު މާއްދާތަކުގެ ތެރޭ އެންޓިއޮކްސިޑަންޓްސް އާއި އެކި ބާވަތުގެ ވިޓަމިންސް އަދި މިނެރަލްސް ހިމެނެއެވެ.
ކެލޮރީސް އާއި ފެޓް މަދު މި މޭވާގައި ފައިބާ އާއި ވިޓަމިން ސީގެ މާއްދާތައް އެކުލެވިފައިވެއެވެ. ނަމަވެސް އެއީ މަދު ޢަދަދެކެވެ. އަންނާރުގައި އެކުލެވޭ އެންޓިއޮކްސިޑެންޓް މާއްދާގެ މުއްސަނދިކަމާ ހުރެ ހަށިގަނޑަށް ގެއްލުން ހުރި ދާއިމީ އެތަކެއް ބައްޔަކުން ހަށިގަނޑު ރައްކާތެރިކޮށްދެ އެވެ.
އަންނާރުގެ ދިޔައިން ތައްޔާރު ކުރާ ޖޫހުގައި ގިނަ ބަލިތަކާ ގުޅިފައިވާ ދާއިމީ އިންފްލެމޭޝަން އިން ހަށިގަނޑު ރައްކާތެރިކޮށް ދިނުމަށް އެހީތެރިވެދޭ ކޮމްޕައުންޑުތަކެއް އެކުލެވިގެންވެއެވެ. އަންނާރު ބޭނުން ކުރުމުގެ ސަބަބުން ހިތުގެ ބައްޔާއި ކެންސަރު ބަލިން ރައްކާތެރިކޮށްދިނުމަށް އެހީތެރިވެދީ ކުޑަކަމުދާ ނިޒާމަށް ޖެހޭ ބަލިތަކުން ވެސް ހަށިގަނޑު ސަލާމަތްކޮށްދެ އެވެ. ހާއްސަކޮށް ކިޑްނީގައި ހިލަ އުފެދުމާ ދެކޮޅަށް އަންނާރު އެހީތެރިވެދެ އެވެ.
ކޮންމެ މޭވާ އަކީ ވެސް ހަށިގަނޑަށް އެތަކެއް ފައިދާތަކެއް ލިއްބައިދޭ އެއްޗަކަށްވާއިރު އަންނާރު ހާއްސަވާ އެންމެ ބޮޑު އެއް ސަބަބަކީ ހަށިގަނޑު ތަފާތު އެކި ޖަރާސީމުތަކުން ދުރުކޮށްދީ ދުޅަހެޔޮކަން މަތީ ހަށިގަނޑު ބެހެއްޓުމަށް ކަސްރަތު ކުރުމަށް އެހީތެރިވެދީ ހަށިގަނޑުގެ ހަކަތަ އިތުރުކޮށްދޭތީ އެވެ. އެހެންކަމުން މިއީ ކޮންމެ ދުވަހެއްގެ ކެއުމުގައި ވެސް ހިމަނާލަން މުހިއްމު މޭވާއެކެވެ.
އަންނާރުގެ ފައިދާތަކުގެ ތެރޭގައި:
1. ލޭގެ ޕްރެޝަރު ދަށްކޮށްދިނުން
2. އެންޓިއޮކްސިޑަންޓްސް ގިނަވުން
3. ހިތުގެ ބަލިތަކުން ރައްކާތެރިކޮށްދިނުން
4. ކެންސަރު ބަލިތަކުން ސަލާމަތްވުމަށް އެހީތެރިވުން
5. ކުޑަކަމުދާ ނިޒާމު ދުޅަހެޔޮކޮށް ބެހެއްޓުން
6. ކިޑްނީގައި ހިލަ އުފެދުން ހުއްޓުވުން
7. ހަށިގަނޑުގެ ދިފާޢީ ނިޒާމު ވަރުގަދަކުރުން
8. ހަށިގަނޑުގެ ހަކަތަ އިތުރުކޮށްދިނުން
މި ނހުރިހާ ސަބަބަކާ ހުރެ، ދިވެހިންގެ ކެއުމުގެ އާދަތަކުގައި އަންނާރު ހިމެނުމަކީ ވަރަށް މުހިންމު ކަމެކެވެ. ތާޒާ އަންނާރު ނުލިބޭ ހާލަތްތަކުގައި، އަންނާރު ޖޫސް ނުވަތަ އަންނާރު ދިޔަ ބޭނުން ކުރުމަކީ ވެސް ރަނގަޅު ގޮތެކެވެ.
އަދި ހަމައެހެންމެ، އަންނާރު ބޭނުންކުރާއިރު ސަމާލުވާންޖެހޭ ބައެއް ކަންތައްތައް ވެސް ވެއެވެ. މިސާލަކަށް، ބައެއް ބޭސްތަކާއެކު އަންނާރު ބޭނުންކުރުމުން އޭގެ އަސަރު ބަދަލުވެދާނެތީ، ބޭހެއް ނަންގަވާ ބެފުޅެއްނަމަ ޑޮކްޓަރުގެ ލަފާ ހޯދުން މުހިންމެވެ. އަދި ހަމައެހެންމެ، އަންނާރުގައި ހުންނަ ބައެއް މާއްދާތަކަކީ އެލަޖީ އުފެދިދާނެ މާއްދާތަކަކަށް ވާތީ، މިކަމަށް ވެސް ސަމާލުވާން ޖެހެއެވެ.
ޖުމްލަ ގޮތެއްގައި ބަލާއިރު، އަންނާރަކީ ސިއްހަތަށް ވަރަށް މުހިންމު، ގިނަގުނަ ފައިދާތަކެއް ލިބިދޭ މޭވާއެކެވެ. މި މޭވާގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފުމަށް މަސައްކަތްކުރުމަކީ ކޮންމެ މީހެއްގެވެސް ޒިންމާއެކެވެ. އަދި އަންނާރު އިންދާ ހައްދާ ކާނާގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އިސްކަމެއް ދިނުން ވަރަށް މުހިންމެވެ.
މައުލޫމާތު: އެގްރިކަލްޗަ މިނިސްޓްރީ