Last Updated: April 22, 21:04
Tuesday, April 22, 2025
ޚަބަރު

ހަތިޔާރާއެކު ސިފައިންގެ ތަމްރީނެއް ހުޅުމާލޭގައި

ހަތިޔާރާއެކު ސިފައިންގެ ތަމްރީނުތަކެއް ހުޅުމާލޭގައި ކުރިއަށް ގެންދިޔުމަށް ނިންމައިފި އެވެ.

އެމްއެންޑީއެފުން ބުނީ މި ތަމްރީނުތައް ކުރިއަށް ގެންދާނީ މި މަހުގެ 9 އިން އަންނަ މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް، ކޮންމެ އާދިއްތަ އަދި ބުރާސްފަތި ދުވަހެއްގެ 16:00 އިން 18:00 އަށް އަދި ކޮންމެ އަންގާރަ ދުވަހެއްގެ 22:00 އިން އަނެއް ދުވަހުގެ 01:00 އަށް ކަމަށެވެ.

ތަމްރީނު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ފޭސް 1 އަދި 2 ގަ އެވެ. މި ތަމްރީނުގައި ސިފައިން ކޮމްބެޓް ގިޔަރުގައި ހަތިޔާރާއެކު ހަރަކާތްތެރިވުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

މީގެ ކުރިން ވެސް ސިފައިން ވަނީ މިފަދަ ތަމްރީނުތައް މާލޭގެ އެކި ސަރަހައްދުތަކުގައި ވެސް ކުރިއަށް ގެންގޮސްފަ އެވެ.