Last Updated: April 11, 18:01
Friday, April 11, 2025
ޚަބަރު

މާލޭގެ މަގުތަކުގެ ކާނުތައް މާދަމާ ސާފު ކުރަނީ

މާލޭ މަގުތަކުގެ ކާނުތައް ސާފުކުރުމުގެ މަސައްކަތް މާދަމާ ކުރަން ނިންމައިފި އެވެ.

ލޯކަލް މިނިސްޓަރު އާދަމް ޝަރީފު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅީ މާލޭގެ ކާނުތަކުން ފެން ހިނދުން ލަސްވުމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވަމުންދާ ތަކުލީފުތައް ކުޑަކުރުމަށް އެހީތެރިވެ ދިނުމުގެ ގޮތުން، މާލޭގެ ކާނުތައް ސާފު ކުރުމުގެ މަސައްކަތް މާދަމާ މިނިސްޓްރީން ކުރިއަށް ގެންދާނެ ކަމަށެވެ.

ވާރޭ ވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލަ އަކީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައެވެ. އެގޮތުން ބޯކޮށް ވާރޭ ވެހޭ ކޮންމެ ފަހަރަކު މަގުތަކުގައި ފެންބޮޑުވެގެން ފެންހިންދުމުގެ މަސައްކަތް ސިފައިންނާއި، ފުލުހުންނާއި، ލޯކަލް މިނިސްޓްރީގެ ޕަބްލިކް ވޯކްސް ޔުނިޓުގެ މުވައްޒަފުން ނުކުމެ ކުރެ އެވެ.

މިފަދަ ހާލަތްތަކުގައި ގެތަކާއި އެ ނޫން ވެސް ތަންތަނަށް ފެން ވަދެ އެކި ވަރުގެ ގެއްލުންތަކާ ވެސް ކުރިމަތިލާން ޖެހެ އެވެ.