Last Updated: April 20, 11:28
Sunday, April 20, 2025
ޚަބަރު

ރަސްފަންނުން އަލުން ހުޅުވާލައިފި

މާރާމާތުތަކަށްށް ބަންދުކުރުމަށް ފަހު މާލޭގެ ރަސްފަންނު ބީޗް އަލުން އާންމުންނަށް ހުޅުވާލައިފިއެވެ.

އެތަން ވަގުތީ ގޮތުން ބަންދުކުރީ މިދިޔަ މަހުގެ ތެރޭގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރަސްފަންނަށް ކުރެއްވި ޒިޔާރަތް ކުރެއްވި އިރު ތަނުގެ ހާލަތު ދަށްކަމުން މަރާމާތުތަކެއް ކުރަން އެންގެވުމާ ގުޅިގެންނެވެ.

އެގޮތުން ރަސްފަންނުގެ ގިރައިގެން ގޮސްފައިވާ ސަރަހައްދުތަކަށް ވެލި އަޅައި އެއްވަރުކޮށް، މޫދަށް ފައިބާ ސަރަހައްދަށް ޖަމާވާ ޗަކަ ނެގުމުގެ މަސައްކަތާއި، ފެންވަރާ ތަންތަން މަރާމާތު ކުރުމާއި، ހަލާކުވެފައިވާ ހަޓުތަކާއި ޖޯލިތައް އަދި ބާބަކިއު ސްޓޭންޑްތައް މަރާމާތުކޮށްފައިވެ އެވެ.

އެ މަަސައްކަތް ކޮންސްޓްރަކްޝަން މިނިސްޓްރީންކޮށްފައި ވަނީ ލޯކަލް މިނިސްޓްރީ އާއި އެމްޓީސީސީ އާއި ވެމްކޯ އާއި އާރްޑީސީ އާއި އެމްއެންޑީއެފާއި އެޗްޑީސީގެ އިތުރުން އެމްޑަބްލިއުއެސްސީގެ އެހީތެރިކަމާއެކުގައެވެ.

މިނިސްޓްރީން ބުނީ ރަސްފަންނު އަލުން ހުޅުވައިލި އިރު، އެ ސަރަޙައްދުގައި ކުރަން ޖެހޭ އިތުރު މަރާމާތުގެ މަސައްކަތްތައް އަދިވެސް ކުރިއަށް ގެންދާނެ ކަމަށެވެ.