Last Updated: April 2, 22:48
Wednesday, April 2, 2025
ރިޕޯޓް

ރޯދަ ރަހަ: ލެމަން ރައިސް

* ބޭނުންވާ ތަކެތި:

1 ޖޯޑު ބާސްމަތީ ހަނޑޫ
2 މޭޒުމަތީ ސަމުސާ ކައްކާ ތެޔޮ
1/8 ސައި ސަމުސާ އަސަފޯޓިޑާ
1 ސައި ސަމުސާ މަސްޓަޑު ސީޑް
7-8 ހިކަނދި ފަތް (ޗަސްކޮށްފައި)
2-3 ރެޑް ޕެޕާ
½ ސައި ސަމުސާ ރީނދޫ
2 ސައި ސަމުސާ ލޮނު
2 މޭޒުމަތީ ސަމުސާ ލުނބޯ ހުތް
2 މޭޒުމަތީ ސަމުސާ ކޮތަނބިރި ފަތް (ކުދިކޮށް ކޮށާފައި)

* ތައްޔާރު ކުރާނެ ގޮތް:

ފުރަތަމަ ތެއްޔެއްގެ ތެރޭގައި ތެޔޮފޮދު ހޫނު ކުރުމަށް ފަހު، އޭގެތެރެ އަށް އަސަފޯޓިޑާ، މަސްޓަޑު ސީޑު، ހިކަނދި ފަތް އަދި ރެޑް ޕެޕާ އެޅުމަށް ފަހު މީރުކޮށްލާށެވެ. އެެއަށް ފަހު މަސްޓަޑު ސީޑްތައް ކެކެން ފެށުމުން، އޭގެތެރެއަށް ހަނޑޫކޮޅު އަޅާލާށެވެ. އަދި، އޭގެތެރެއަށް ރީނދުލާއި، ލޮނު އަދި ދޮޅު ޖޯޑު ފެން އެޅުމަށް ފަހު ކައްކާށެވެ.

ކެކެން ފެށުމުން، ބަތްކޮޅުގެ ތެރެއަށް ލުނބޯ ހުތްކޮޅެއް ޖެހުމަ ށްފަހު ތެލީގައި މަތި ޖަހާށެވެ. ބަތް ރަނގަޅަށް ކެކުމުން، އަނެއްކާވެސް ލުނބޯ ހުތްކޮޅެއް ޖެހުމަ ށްފަހު، އޭގެތެރެއަށް ކޮތަނބިރި ފަތްކޮޅު އަޅާލާށެވެ.