Last Updated: April 11, 18:01
Friday, April 11, 2025
ޚަބަރު

ދަނޑުވެރިންގެ މައުލޫމާތު އެއްކުރަނީ

ރާއްޖޭގެ ދަނޑުވެރިކަން ކުރާ މީހުންގެ އަދަދާއި ހައްދާ ގަހުގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް އެގްރިކަލްޗަ މިނިސްޓްރީން ފަށައިފި އެވެ.

މި މަސައްކަތް ކުރިއަށް ގެންދަން މިނިސްޓްރީން ވަނީ މޯލްޑިވެސް ބިއުރޯ އޮފް ސެޓިސްޓިކްސްއާ ވެސް މަޝްވަރާކޮށްފަ އެވެ. އެގޮތުން މިކަމަށް ބޭނުންވާ ކަންކަން ފުރިހަމަ ކުރިުމަށް މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވަނީ އެ ބިއުރޯއާ ބައްދަލު ކުރައްވައި މަޝްވަރާތަކެއްކޮށްފައެވެ.

އެގޮތުން ދަނޑުވެރިކަމުގެ ޑޭޓާ އެއްކުރުމުގެ މަސައްކަތް އެއްކުރުމާ ގުޅޭ ގޮތުން ވެސް މަޝްވަރާކުރި އެވެ.

ދަނޑުވެރިކަން ކުރިއަރުވަން ސަރުކާރުން މިހާރު ހާއްސަ މަސައްކަތްތަކެއް ކުރަމުން އަންނަ އިރު، ދަނޑުވެރިކަމަށް ހާއްސަ ކުރެވިގެން އިޤްތިސާދީ ޒޯނެއް މި އަހަރުތެރޭގައި ޤާއިމު ކުރުމަށް ހަމަޖެހިފައިވެ އެވެ. މި މަޝްރޫއު 2028 ގައި ނިމި އޭގެ ފައިދާ ރާއްޖޭގެ އިގުތިސާދަށް ލިބެން ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވެ އެވެ.