ރާއްޖެއިން ފްރާންސަށް ކަނޑައަޅުއްވާފައިވާ ނަން ރެސިޑެންޓް ސަފީރު ޑރ.އިރުތިޝާމް އާދަމް، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ފްރާންސްގެ ރައީސް އެމަނުއެލް މެކްރޯންއަށް އަރުވައިފި އެވެ.
އިރުތިޝާމް މެކްރޯންްއަށް ފަތްކޮޅު އެރުވީ ފްރާންސްގެ ރައީސްގެ ރިޔާސީ ގަނޑުވަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
އެ ރަސްމިއްޔާތުގައި އިރުތިޝާމްވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުއާއި ދިވެހިންގެ ނަމުގައި ހެޔޮ އެދުންތައް މެކްރޯންއަށް އަރިސްކުރައްވާފަ އެވެ. އަދި ވިޔަފާރިއާއި އިންވެސްޓްމަންޓްތަކާއި ސަގާފީ ކަންކަމާ ގުޅޭ ގޮތުން އިތުރަށް ގުޅުން ބަދަހިކުރުމަށް ތައްުޔާރަށް ހުންނެވި ކަމަށް އިރުތިޝާމް ވިދާޅުވި އެވެ.
ފޮރިން މިނިސްޓްރީން ބުނީ ސަފީރު އިރުތިޝާމްގެ އަރިހުގައި އިނގިރޭސިވިލާތުގައި ހުންނަ ދިވެހި ހައި ކޮމިޝަންގެ ތާޑު ތާޑް ސެކްރެޓަރީ އާމިނަތު ސަމްރާ ބައިވެރިވެވަޑައިގެންފައިވާ ކަމަށެވެ.
އިރުތިޝާމް ގެންދަވަނީ އިނގިރޭސިވިލާތަށް ރާއްޖެއިން ކަނޑައަޅާފައިވާ ސަފީރުކަމުގެ މަގާމުވެސް ފުރުއްވަމުންނެވެ.