Last Updated: April 9, 22:41
Wednesday, April 9, 2025
ޚަބަރު

އެމްޑީޕީގެ ހަރުގެ ޖަލްސާއެއް މިރޭ

އިދިކޮޅު އެމްޑީޕީން މިރޭ މާލޭގައި ހަރުގެ ޖަލްސާއެއް ބާއްވަން ނިންމައިފި އެވެ.

"ވަގަށް ނެގި ފްލެޓް: ސުވާއި ޖަވާބު" ގެ ނަމުގައި ބާއްވާ ޖަލްސާ ފަށަން ހަމަޖެހިފައި ވަނީ މިރޭ 9:30 ގަ އެވެ.

އެމްޑީޕީގެ ސަރުކާރުގައި "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ދޭން ނިންމި 4،000 ފްލެޓާ ގުޅޭ ގޮތުން މި ސަރުކާރުން އަމަލު ކުރާ ގޮތާ މެދު ކަންބޮޑުވުން ފާޅުކުރަން މިރޭ ޖަލްސާއެއް ބާއްވާ އިރު، މިކަމާ ގުޅޭ ގޮތުން މިއަދު މެންދުރު ފަހު 1:00 ގައި އެ ޕާޓީން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ހަމަޖެހިފައިވެ އެވެ.

ސަރުކާރުން ގާނޫނާ ޚިލާފަށް ދައުލަތުގެ ބާރުތަކަށް އަރައި ގަންނަ ކަމަށް ބުނެ އެމްޑީޕީން ރޭ ވަނީ މާލޭގައި ރޭ އިހުތިޖާޖެއް ބާއްވައިފަ އެވެ.