Last Updated: April 19, 21:11
Saturday, April 19, 2025
މުނިފޫހިފިލުވުން

'އުޅުތާ ޕަންޖާބް' ގެ ދެވަނަ ބައެއް ހަދަނީ

ބެލުންތެރިންގެ ބޮޑު މަގުބޫލު ކަމެއް ލިބުނު ބޮލީވުޑްގެ ފިލްމު "އުޅުތާ ޕަންޖާބް" ގެ ދެވަނަ ބައެެއް ހަދަން ޕްރޮޑިއުސަރު އެކްތާ ކަޕޫރް ޕްލޭން ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެެވެ.

މީޑިއާތަކުން ބުނީ 2016 ގައި ގެނެސްދިން ކާމިޔާބު ކްރައިމް ޑްރާމާގެ ސީކްއެލްއަކަށް ތައްޔާރުވަމުން އަންނަ އިރު، ފުރަތަމަ ބައިގައި މުހިއްމު ރޯލެއް ކުޅުނު ޝާހިދު ކަޕޫރް ދެވަނަ ބައިގައި ވެސް ހިމެނޭނެ ކަމަށެވެ. އަދި އެކަމުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށް ވެސް މީޑިއާތަކުން ބުންޏެވެ.

ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ "އުޅުތާ ޕަންޖާބް 2" ހަދާނީ އެހެން ޑައިރެކްޓަރަކު ލައްވައި ކަމަށެވެ. އެގޮތުން ފިލްމު ލިޔެ، ޑައިރެކްޓް ކުރަން އާކާޝް ކޯޝިކަށް ހުށަހަޅާފައިވާ ކަމަށް ބުނެފައިވެ އެވެ. އޭނަ އަކީ "ބޫލް ބުލައްޔާ" ދޭކާއި ތިނެކާއި "ހައުސްފުލް 4" ގެ އިތުރުން "ގްރޭޓް ގްރޭންޑް މަސްތީ" ގެ ސްކްރީން ރައިޓަރެވެ.

ކާސްޓްގައި ކަރީނާ ކަޕޫރާއި އާލިއާ ބަޓްގެ އިތުރުން ދިލްޖީތު ދޮސަންޖް ވެސް ހިމެނޭ "އުޅުތާ ޕަންބާޖް" އަކީ އަބީޝެކް ޗޯބޭ ޑައިރެކްޓްކުރި ފިލްމެކެވެ. އޭނަގެ ސްކްރީންޕްލޭ ލިޔުނީ އޭނަ އާއި ސުދިޕް ޝަރުމާ އެވެ.

"އުޅުތާ ޕަންޖާބް" ގެ މައިގަނޑު ޕްލޮޓް ބިނާކޮށްފައި އޮތީ ޒުވާނުންގެ މެދުގައި އޮތް މަސްތުވާތަކެތީގެ ވަބާއަށެވެ.