މަޝްހޫރު ފުޓްބޯޅަ ނޫސްވެރިޔާ، އިޓަލީގެ ފެބްރީޒިއޯ ރޮމާނޯ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް އެމްބެސެޑަރަކަށް ހަމަޖައްސައިފި އެވެ.
ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރާ ވިޒިޓް މޯލްޑިވްސްއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ރާއްޖޭގެ ގްލޯބަލް ބްރޭންޑު އެމްބެސެޑަރުގެ ހައިސިއްޔަތުން އޭނާ ރާއްޖޭގެ ފަތުރުވެރިކަމާ ގުޅޭ މުހިންމު މައުލޫމާތުތައް ހިއްސާކުރަމުންދާނެ ކަމަށެވެ.
🚨 Exciting news! We have partnered with football expert Fabrizio Romano as our new Global Brand Ambassador.
Get ready for an unforgettable journey to paradise with insider tips and updates! 🇲🇻 #VisitMaldives #FabrizioRomano #MaldivesAmbassador pic.twitter.com/fsknOAb7Gh
— Visit Maldives (@visitmaldives) March 7, 2025
ވިޒިޓް މޯލްޑިވްސް ހިއްސާކުރި ޕޯސްޓުގައި ފެބްރިޒީއޯގެ ވީޑިއޯއެއް ވެސް ވަނީ ހިމަނާފަ އެވެ. އެވީޑިއޯގައި އޭނާ ވަނީ ބުރަކޮށް މަސައްކަތް ކުރުމަށް ފަހު ހިތްހަމަޖައްސަލާ އަރާމުކޮށްލަން އެންމެ ރަނގަޅު ތަނަކީ ރާއްޖެ ކަމަށް ބުނެފަ އެވެ. އަދި ރާއްޖެއަށް ޒިޔާރަތް ކުރުމުން ހިތްހަމަޖެހުން ލިބޭ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.
ފެބްރީޒިއޯ މީގެކުރިން ވަނީ އެތައް ފަހަރެއްގެ މަތިން ރާއްޖެ ޒިޔާރަތްކޮށްފަ އެވެ.
ފަބްރީޒިއޯ އަކީ ފުޓްބޯޅައާ ގުޅޭ ޓްރާންސްފާ ހަބަރުތައް ގެނެސްދިނުމުގައި މުހިއްމު ދައުރެއް އަދާކުރާ ފަރާތެކެވެ. އެގޮތުން އޭނާ އަކީ އާއްމުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ފަރާތެކެވެ.