Last Updated: April 19, 18:47
Saturday, April 19, 2025
މުނިފޫހިފިލުވުން

'ފެށުމާއި ނިމުން' ގެ ޕޯސްޓަރެއް

'ފެށުމާއި ނިމުން' ގެ ޝޫޓިންގެ ތެރެއިން.

މީޑިއާނެޓަށް ގެންނަން ތައްޔާރުވަމުން އަންނަ ޑާކް ރެއިން އެންޓަޓައިންމަންޓްގެ އާ ސީރީޒް "ފެށުމާއި ނިމުން" ގެ ގެ ޕޯސްޓަރެއް ދައްކާލައިފި އެވެ.

މިއަދު ދައްކައިލީ މީގެ ކާސްޓްގައި ހިމެނޭ ޝަރަފު އަބްދުﷲ ގެ ފަސްޓްލުކް ޕޯސްޓަރެކެވެ. "ފެށުމާއި ނިމުން" އަކީ އޭނަގެ އަންހެނުން ޑައިރެކްޓަރު/ސްކްރީން ރައިޓަރު ޝަހުދާ މަހުމޫދުގެ ސްކްރީންޕްލޭއަކަށް އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކޮށްފައިވާ އެއްޗެކެވެ. ޝަހުދާ އަކީ ޑާކް ރެއިނުން އެންމެ ފަހުން މީޑިއާނެޓަށް ގެނައި ސީރީޒް "ރޯލީމޭ" ގެ ސްކްރީން ރައިޓަރުގެ އިތުރުން އެ ސްޓޫޑިއޯގެ އެންމެ ފަހުގެ ފިލްމު މިދިޔަ އަހަރުގެ "ބިބީ" ލިޔެ، ގެނެސްދިން ޑައިރެކްޓަރެވެ.

ޕްރީމިއާކުރާނެ ތާރީހެއް އަދި އިއުލާން ނުކުރާ 10 އެޕިސޯޑްގެ "ފެށުމާއި ނިމުން" ގެ ކާސްޓްގައި މޫސާ އަލީފާއި އައިމިނަތު ޝުހާ އާއި ހުސައިން ސާމީ އާއި ތަޖުރިބާކާރު އެކްޓަރު ދަރާ މުހައްމަދު ރަޝީދުގެ އިތުރުން ޑާކް ރެއިންގެ އުފެއްދުމަކުން އަލަށް ފެންނަ ފައިނާ ހިމެނެ އެވެ.

"ފެށުމާއި ނިމުން" ގެ ޕްރޮޑިއުސަރުންނަކީ މުހައްމަދު އަލީ (މޮގާ) އާއި އަންހެނުން އައިޝަތު ފުއާދު ތައުފީގެވެ.