ރޯދަ މަހުގެ ދުވާލު މާލޭގެ މަގެއްގެ މަތީގައި ސިނގިރެޓް ބޯން މަސައްކަތް ކުރި މީހަކު ފުލުހުން ހައްޔަރު ކުރުމުން ޕޮލިސް ސްޓޭޝަނަކަށް ގެއްލުން ދީފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ހިނގީ މި ހާދިސާގައި ހައްޔަރުކުރީ 46 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ކްރިމިނަލް ކޯޓުން ނެރުނު އޭނަގެ ބަންދު އަމުރުގައިވާ ގޮތުން ބުރާސްފަތި ދުވަހު ހެނދުނު 11:40 ހާއިރު ފުލުހުން އޭނަ ހައްޔަރުކުރީ މަގުމަތީގައި ހުރެ ގެ އަތުގައި އޮތް ސިނގިރޭޓެއް ރޯކުރަން މަސައްކަތް ކުރަނިކޮށެވެ. އަދި އޭނަ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް މާފަންނު ޕޮލިސް ސްޓޭޝަނަށް ގެންގޮސް އެ ތަނުގެ ހޯލްޑިން ރޫމުގައި ބަހައްޓާފައި ހުއްޓައި، ހޯލްޑިން ރޫމްގައި ހުރި ގޮނޑީގެ އަތްގަނޑުގައި ހުރި އިސްކުރު ނައްޓައި، އެ އަތްގަނޑު ނެއްޓުމަ ށްފަހު އެ ބޭނުންކޮށްގެން ހޯލްޑިން ރޫމު ބޭރު ދޮރުގެ ތަޅަށް ގެއްލުން ދީފައިވާ ކަމަށް ބުނެފައިވެ އެވެ.
މި މައްސަލަގައި އޭނަގެ ބަންދައް 15 ދުވަސް ޖަހާފައިވެ އެވެ.
ކޯޓް އަމުރުގައިވާ ގޮތުން އެ މީހާ އަކީ މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން ތަފާތު ކުށުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހެކެވެ. އެގޮތުން 25 ފަހަރު އޭނާ ބަންދުކޮށްފައިވެ އެވެ.