Last Updated: April 19, 18:47
Saturday, April 19, 2025
މުނިފޫހިފިލުވުން

'ކޭޖީއެމް' ގެ ޝޫޓިން ނިންމާލައިފި

"ކޭޖީއެމް" ގެ ޝޫޓިންގެ ތެރެއިން.

ޖެނުއަރީ މަހުގެ ތެރޭގައި ޝޫޓިން ފެށި ކޮމެޑީ ފިލްމު "ކޭޖީއެމް: ދަ މޫވީ" ގެ ޝޫޓިން ނިންމަލައިފި އެވެ.

މ. މުލީގައި މަންޒަރުތައް ނަގާފައިވާ މި ފިލްމުގެ ޝޫޓީން އަށް ކާސްޓްކާއި ކްރޫ މ. މުއްޔަށް ފުރީ ޖެނުއަރީ މަހުގެ 27 ގަ އެެވެ. ޝޫޓިން ނިންމާލައި ކާސްޓާއި ކްރޫ މާލެ އައީ އިއްޔެ އެވެ.

މި އަހަރުގެ އެންމެ ވަރުގަދަ ފިލްމުގެ ގޮތުގައި ޕްރޮމޯޓްކުރާ "ކޭޖީއެމް" މަޝްހޫރު އެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) ގެ ސްކްރީންޕްލޭއަކަށް އަލީ ސީޒަން ޑައިރެކްޓްކުރާ ފިލްމެކެވެ. އެ ދެ ތަރިންނާ އެކު މިއިން ބޮޑު ކާސްޓެއް ފެންނާނެ އެވެ. އެގޮތުން "ކޭޖީއެމް" އިން މަރިޔަމް ޢައްޒަ، ޖުމައްޔިލް ނިމާލު (ޖުމަލް)، އައިމިތު ރިޝްފާ، އަހުމަދު ނިމާލް، ޢަލީ ޢާޒިމް (ދޮން އައްޔަ)، އަބްދުﷲ ޝާފިއު (ފުބޫ)، މަރިޔަމް ޝިފާ، ޝާއްކޮ އަންމަޑޭ އަދި ހާމިދު އަލީ ފަދަ ތަރިން ފެންނާނެ އެވެ.

ސީޒަން ޑައިރެކްޓްކޮށް އެންމެ ފަހުން ގެނެސްދިން ފިލްމަކީ 2023 ގެ "ލޯބިވެވިއްޖެ" އެވެ.

އޭނަ މި އަހަރު ގެނެސްދޭ "ކޭޖީއެމް" އަކީ ޕްރޮޑިއުސަރު އަލީ ޝާނީޒްގެ ސެޓާން ސްޓޫޑިއޯ އާއިޕްރޮޑިއުސަރު އިސްމާއީލް ޝަފީގުގެ ޝައި ޕްރޮޑަކްޝަން ގުޅިގެން ގެނެސްދޭ ފިލްމެކެވެ.

މި ފިލްމު ސިނަމާ އަށް ގެންނާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.

"ކޭޖީއެމް" އަކީ ކުރިން ޔޫއްޕެ "ކޮސް ގިނަ މިސްޓޭކް" ގެ ނަމުގައި ޑައިރެކްޓްކުރާ ގޮތަށް 2019 ގައި އިއުލާންކުރި ފިލްމެކެވެ. މިހާރު އެ ނަމުގެ ބަދަލުގައި ބޭނުން މި ކުރަނީ އެ ނަމުގެ ފެށޭ ތިން އަކުރެވެ.