* ބޭނުންވާ ތަކެތި:
160 ގްރާމް ޕާސްތާ (ފެނުކައްކާފައި)
120 ގްރާމް ޕްރޯންސް
125 އެމްއެލް ކުކިން ކްރީމް
1 މޭޒުމަތީ ސަމުސާ ލޮނުމެދު (ކުދިކޮށް ކޮށާފައި)
ރަހަލާވަރަށް ލޮނުކޮޅެއް
ރަހަލާވަރަށް އަސޭމިރުސް ކޮޅެއް
15 ގްރާމް ބަޓަރު
10 ގްރާމް ޕާމެޒާން ޗީޒް
* ތައްޔާރު ކުރާނެ ގޮތް:
ފުރަތަމަ ތަވަޔަކަށް ބަޓަރުކޮޅު ލާ ހޫނުކޮށްލުމަށް ފަހު އެއަށް ޕްރޯންސްތައް އަޅާލާށެވެ. ދެން އެއަށް ކުދިކޮށް ކޮށާފައި ހުރި ލޮނުމިދުކޮޅު އަޅާލައި ކުޑަކޮށް ރަތްވެލަންދެން މިލުވާލާށެވެ. ދެން އަޅާނީ ކުކިންގް ކްރީމް އެވެ. އަދި ކްރީމް ގަނޑު އޮލަވަންދެން ކައްކާލާށެވެ.
ކްރީމްގަނޑު ރަނގަޅަށް އޮލަވުމުން އުނދުނުގެ ގިނި މަޑުކޮށްލުމަށް ފަހު ޗީޒްކޮޅު އަޅާލާށެވެ. މި ރެސިޕީގައި ޕާމެޒާން ޗީޒް ބޭނުން ކުރި ނަމަވެސް ބޭނުން ނަމަ ޗެޑާ ޗީޒް ވެސް ބޭނުން ކުރެވިދާނެ އެވެ.
ކްރީމް ގަނޑު ރަނގަޅަށް ތައްޔާރުވުމުން ފެނު ކައްކާފައި ހުރި ޕާސްތާ ކޮޅު އަޅާލާށެވެ. އަދި ލޮނާއި އަސޭމިރުސް އަޅައި ރަހަ ހެޔޮވަރުކޮށްލާށެވެ.