އައްޑޫ މަރަދޫ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދުދީދީ އިންތިޒާމުކޮށްގެން ބާއްވާ ޤުރުއާން މުބާރާތަށް އިނާމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މި މުބާރާތް ބާއްވަނީ މެންބަރުގެ ބައްޕަ މަރުހޫމް މޫސާ ނާސިރުގެ ހަނދާނުގައި ބާއްވާ "މޫސާ ނާސިރު މެމޯރިއަލް ޤުރުއާން ކޮމްޕެޓިޝަން 2025" ގެ ނަނުގަ އެވެ.
މުބާރާތް ބާއްވަނީ ތިން ގޮތްޕަކަށެވެ. އެއީ ބަލައިގެންނާއި ނުބަލައި ކިޔެވުމުގެ ގޮފީގެ އިތުރުން ހިފްޒުގެ ބައެވެ. އެގޮތުން ބަލައިގެންނާއި ނުބަކައި ކިޔެވުމުގެ ގޮފިން ހަ އުމުރުފުރާ ހިމެނެ އެވެ. އެއީ 7-9 އަހަރާ ދެމެދު، 9-11 އަހަރާ ދެމެދު، 11-13 އަހަރާ ދެމެދު، 13-16 އަހަރާ ދެމެދު، 61-21 އަހަރާ ދެމެދު އަދި 21 އަހަރުން މައްޗަށެވެ.
ހިފުޒްގެ ބަޔަށް ވަކި އުމުރުފުރައެއް ނެތެވެ.
ބަލައިގެން ކިޔެވުމާއި ނުބަލައި ކިޔެވުމުގެ ގޮފީގެ އިތުރުން ހިފްޒްގެ ބައިން ވެސް ކޮންމެ އުމުރުފުރާތަކުން ގަދަ ތިނެއް ހޮވާނެ އެވެ.
މުބާރާތަށް އިނާމު ހުށަހެޅުމުގެ ސުންގަޑި އަކީ މި މަހުގެ 14 ގެ ރޭގަނޑު 11:59 އެވެ. އަދި އިނާމު ހަވާލު ކުރުމުގެ ސުންގަޑި އަކީ މި މަހުގެ 19 ގެ ހަވީރު 4:00 އެވެ.