Last Updated: April 22, 17:21
Tuesday, April 22, 2025
ޚަބަރު

ފިނޭންސުން ދެ ކުންފުންޏެއް ސަސްޕެންޑްކޮށްފި

ފިނޭންސް މިނިސްޓްރީ / ފޮޓޯ: އަވަސް

މަސައްކަތް ނިންމާފައި ނުވާތީ ފިނޭންސް މިނިސްޓްރީން ދެ ކުންފުންޏެއް ސަސްޕެންޑްކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ބީލަންތަކުގައި ބައިވެރިނުވެވޭ ގޮތަށް ސަސްޕެންޑްކޮށްފައިވަނީ ވޯޓާޕާކް މޯލްޑިވްސް އާއި ކެއަވަން މެޑިކަލް ޕްރައިވެޓް ލިމިޓެޑް ނަކަމަށް ކިޔާ ކުންފުންޏެކެވެ.

މީގެތެރެއިން ވޯޓާ ޕާކް މޯލްޑިވްސް ސަސްޕެންޑް ކުރީ ވ. ކެޔޮދޫ އަދި ރ. އަލިފުށީގައި ހިންގަން ހަވާލުކުރި މަޝްރޫއަކަށް ބޭނުންވާ ބައެއް ތަކެތި ފޯރުކޮށް ނުދިނުމުގެ ސަބަބުންނެވެ.

އަދި ކެއަވަން މެޑިކަލް ޕްރައިވެޓް ލިމިޓެޑް ސަސްޕެންޑްކޮށްފައިވަނީ ހުޅުމާލެ ހޮސްޕިޓަލަށް ބޭނުންވާ އެކްސްރޭ މެޝިނާއި ޑެންޓަލް ޗެއާއެއް ގެންނަން ހަވާލުކުރި ނަމަވެސް އެ މަސައްކަތް ފުރިހަމަކޮށްފައި ނުވާތީ އެވެ.

މާލިއްޔަތު ގަވާއިދުގައި ބުނާ ގޮތުގައި ބީލަންތައް ކާމިޔާބުކޮށް މަޝްރޫއުތައް ހިންގުމާ ހަވާލުވުމަށް ފަހު އެ ގަވާއިދާ ހިލާފުވާ ކުންފުނިތަކާއި ސަޕްލަޔަރުން ބަލައި ފިޔަވަޅު އަޅަންޖެހެ އެވެ. އެގޮތުން ބީލަންވެރިން ނުވަތަ މަސައްކަތާ ހަވާލުވާ ކުންފުނިތައް ސަސްޕެންޑް ކުރެވޭނެ ހާލަތްތައް ވެސް ގަވާއިދުގައި ވެ އެވެ.