Last Updated: April 19, 23:09
Saturday, April 19, 2025
ޚަބަރު

ޅ. އަތޮޅަށް ނަރުހުން ހޯދަނީ

ޅ. އަތޮޅަށް ބިދޭސީ ނަރުހުންގެ ދިވެހި ނަރުހުންތަކެއް ހޯދަން އިއުލާންކޮށްފި އެވެ.

ޅ. އަތޮޅު ހޮސްޕިޓަލުން ކުރި އިއުލާނެއްގައި ބުނީ ބޭނުން ވަނީ 12 ނަރުހުން ކަމަށެވެ.

މި ނަރުހުން މަސައްކަތް ކުރަން ހަމަޖެހިފައި ވަނީ ލ. އަތޮޅު ހޮސްޕިޓަލްގެ ދަށުން ހިންގަމުން އަންނަ އެ އަތޮޅުގެ ބައެއް ރަށްރަށުގެ ސިއްހީ މަރުކަޒުތަކުގަ އެވެ. އެގޮތުން ހިންނަވަރު ސިއްހީ މަރުކަޒަށް ހަ ނަރުހުން ހޯދަން އިއުލާންކޮށްފައިވާ އިރު، ކުރެންދޫ ސިއްހީ މަރުކަޒަށް ފަހެއް އަދި އޮޅުވެލިފުށި ސިއްހީ މަރުޒަށް ނަރުހެއް ހޯދަން އިއުލާންކޮށްފައިވެ އެވެ.

އެ ރަށްތަކުގައި މަސައްކަތްކުރަން ޝައުގުވެރިވާ ނަރުހުންނަށް އެޕްލައި ކުރުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 16 އާ ހަމައަށެވެ.

ޅ. އަޔޮޅު ހޮސްޕިޓަލުން ބުނީ މަގާމުތަކަށް މީހުން ހޮވާނީ އެޕްލައިކުރާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި (އަސާސީ ޝަރުޠު ހަމަކުރުމަށް ތަޖުރިބާގެ މުއްދަތު ބޭނުންވާނަމަ، އެ މުއްދަތު އުނިކުރުމަށް ފަހު)، ވަޒީފާއަށް އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް އިންޓަވިއު އަށް ޝޯޓްލިސްޓް ކުރުމަށް ފަހު ކަމަށެވެ.

މަގާމުތަކުގެ އަސާސީ މުސާރަ އުޅެނީ 13،057-17،382ރ. އާ ދެމެދު އެވެ.

އިންޓަވިއު އާއި އެސެސްމަންޓް އޮންނާނީ މި މަހުގެ 23-30 އާ ދެމެދު ޅ. އަތޮޅު ހޮސްޕިޓަލްގަ އެވެ.

މިކަމާ ބެެހޭ އިތުރު މައުލޫމާތު 6620150 އިން ހޯދޭނެ އެވެ.