އިންޑިއާ ކަނޑުން ރާއްޖެ އެތެރެކުރަން އުޅުނު 59 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އެ ގައުމުން އަތުލައިގެންފި އެވެ.
އެތަކެތި އަތުލައިގެންފައި ވަނީ، އިންޑިއާގެ ކޯސްޓުގާޑާއި ޑިރެކްޓޮރޭޓް އޮފް ރެވެނިއު އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންއެއްގައެ ވެ.
އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ އޮޕަރޭޝަން ހިންގީ ޓުޓިކޮރިން ބަނދަރުން މާލެ އަށް މަސްތުވާތަކެތި ޓްރެފިކް ކުރަން އުޅޭ ކަމަށްޑިރެކްޓޮރޭޓް އޮފް ރެވެނިއު އިންޓެލިޖެންސަށް ލިބުނު ރިޕޯޓަކާ ގުޅިގެންނެވެ.
އެގޮތުން މިދިޔަ ބުދަ ދުވަހު އިންޑިއާގެ ކޯސްޓު ގާޑުގެ ދެ އުޅަނދަކުން، މަސްތުވާތަކެތި އުފުލި ބޯޓު ހިފެހެއްޓީ ގަލްފް އޮފް މަންނާއިންނެވެ. އެއީ ޓަމިލްނާޑޫ އާއި ސްރީ ލަންކާއާ ދެމެދު އޮންނަ ސަރަހައްދެކެވެ.
މަސްތުވާތަކެެއްޗާ އެކު ދަތުރުކުރި އުޅަނދު އަތުލައިގަޔް އިރު، އޭގައި ނުވަ މީހަކު ތިއްބެވެ. އުޅަނދު މިހާރު އޮތީ ޓުޓިކޮރިން ބަނދަރުގަ އެވެ.
އުޅަނދުން ފެނުނު މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ 30 ކިލޯގެ ހަޝިޝް އޮއިލެވެ.