ށ. މިލަންދު އަށް މަސްތުވާތަކެތި ގެންދިޔަ ބަޔަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ޑިންގީއެއްގައި ކުޅުދުއްފުށިން ފުރައިގެން މިލަންދު އަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅޭ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ ކުޅުދުއްފުށި، ދުނބުމާ، އަޙްމަދު ޟަމީރު، 37، އާއި އެ ރަށު ހުވަފެނީއައްސޭރި، އަޙްމަދު އިސްމާޢީލް، 31، ކަމަށެވެ.
މި މަހުގެ 5 ވަނަ ދުވަހު މިލަންދޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި މިލަންދޫ ބަނދަރުމަތިން އެ މީހުން ހައްޔަރުކޮށް ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 146 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން ދެ މީހުންގެ ބަންދަށް ވެސް 15 ދުވަސް ކޯޓިން ޖަހާފައިވެ އެވެ. އަދި މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.