Last Updated: April 20, 06:46
Sunday, April 20, 2025
ޚަބަރު

މަގޫދު އާއި ދަރަނބޫދޫގައި ލައިސަންސް ޓްރެކްތަކެއް

ފ. އަތޮޅުގެ މަގޫދު އާއި ދަރަނބޫދޫގައި އާ ލައިސަންސް ޓްރެކެއް ހުޅުވުމަށް ތައްޔާރުވެއްޖެ އެވެ.

މި ޓްރެކްތަކާ އެކު، އެ ދެ ރަށުގެ ރައްޔިތުންނަށް 'އޭ' ކެޓަގަރީގެ ޑްރައިވިންގ ލައިސަންސް (ލައިސަންސް ކާޑު) ހޯދުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

ޓްރެކްތައް ހުޅުވުމުގެ ކުރިން ޓްރާންސްޕޯޓް މިނިސްޓްރީގެ ޓީމަކުން ވަނީ ދެ ރަށުގައި ވަނީ ޓްރެއިނިންގ ޕްރޮގްރާމްތަކެއް ވެސް ހިންގައިފަ އެވެ. މި ޕްރޮގްރާމްގެ މަގުސަދަކީ ލައިސަންސް ޓްރެކް ހިންގުމަށް ބޭނުންވާ ތަމްރީނުތައް ކައުންސިލްތަކަށް ދިނުމެވެ.

މިނިސްޓްރީން ބުނީ އާ ޓްރެކްތައް ހުޅުވުމާއެކު، އެ ސަރަޙައްދުގެ ރައްޔިތުންނަށް ލައިސަންސް ހޯދުމަށްޓަކައި ކައިރި އެހެން ރަށްރަށް އަދި މާލެ އައުމުގެ ބުރަ ނުޖެހޭނެ ކަމަށާއި މިއީ ސަރުކާރުން ލާމަރުކަޒީ އުސޫލުން ޚިދުމަތްތައް ފޯރުކޮށް ދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ބައެއް ކަމަށެވެ.

މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި މ. ކޮޅުފުށީގައި ވެސް ވަނީ ޑްރައިވިންގ ލައިސަންސް ޓްރެކެއް ހުޅުވާފައިވެ އެވެ.