ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަޤާމަށް އަޖުވަދު މުޞްޠަފާ ޢައްޔަންކޮށްފި އެވެ.
ސިވިސް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އޭނަ އެ މަގާމަށް އައްޔަންކުރީ މިއަދެވެ. މަގާމުގެ ލިޔުން އަޖްވަދާ ހަވާލުކޮށް ދެއްވީ ސީއެސްސީގެ ރައީސް، މުޙައްމަދު ނާސިޙެވެ.
މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް އަލްފާޟިލް އަޖުވަދު މުޞްޠަފާ އައްޔަންކޮށް ލިޔުން ޙަވާލުކުރުމަށް ބޭއްވުނު ރަސްމިއްޔާތުގެ ތެރެއިން pic.twitter.com/aJc231YcoU
— Civil Service Commission of the Maldives (@cscmaldives) March 9, 2025
އަޖުވަދަކީ އޭޕްރީލް 19، 2014 އިން ފެށިގެން، ތިމާވެއްޓާ ބެހޭ މިނިސްޓްރީ އުވާލަންދެން މިދިޔަ މަހުގެ 1 ގައެވެ.
އަޖުވަދަކީ އިނގިރޭސިވިލާތުގެ ޔުނިވަސިޓީ އޮފް ސަރީން އެނަޖީ އިކޮނޮމިކްސްގެ ދާއިރާ އިން މާސްޓާސް ޑިގްރީ ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ. އޭނަ މޯލްޑިވްސް އެނަޖީ އޮތޯރިޓީގެ ބޯޑުގެ ޑިރެކްޓަ ޖެނެރަލްގެ މަޤާމު ވެސް އަދާ ކުރެއްވި އެވެ.