Last Updated: April 2, 22:48
Wednesday, April 2, 2025
ރިޕޯޓް

ރޯދަ ރަހަ: އެގް ސެލަޑް ސޭންޑްވިޗް

* ބޭނުންވާ ތަކެތި:

1 ބިސް (ފެނުކެއްކި)
2 މޭޒުމަތީ ސަމުސާ މަޔޮނައިޒް
2 މޭޒުމަތީ ސަމުސާ ޒައިތޫނި (ކުދިކޮށް ކޮށާފައި)
1 މޭޒުމަތީ ސަމުސާ ފިޔާ (ކުދިކޮށް ކޮށާފައި)
ރޯމިރުސް
ލޮނު
1 ލެޓިއުސް ފަތް
2 ފޮތި ޕާން (ޓޯސްޓް ކޮށްފައި)

* ތައްޔާރު ކުރާނެ ގޮތް:

ފުރަތަމަ ބިސް ކިއުބްކޮށް ކުދިކޮށް ކޮށައިލާށެވެ. އެ އަށްފަހު ފިޔާ، ޒައިތޫނި، މިރުސް، މަޔޮނައިޒް އަދި ލޮނު ލުމަމަށް ފަހު، އުލެއް ބޭނުން ކޮށްގެން ހުރިހާ އެއްޗެއް ރަނގަޅަށް މިކްސްކޮށްލާށެވެ. ދެން ޕާން ފޮތި ޓޯސްޓް ކުރުމަށް ފަހު ޕާން ފޮއްޗެއްގެ މަތީގައި ލެޓިއުސް ފަތް ބޭއްވުމަށް ފަހު އޭގެ މަތީގައި، ތައްޔާރު ކުރި ސެލަޑް ރަނގަޅަށް އަތުރާލާށެވެ.

އޭރުން އެގް ސަލަޑް ސޭންވިޗް ތައްޔާރުވުނީ އެވެ.