Last Updated: April 2, 22:48
Wednesday, April 2, 2025
ރިޕޯޓް

މިއަދުގެ ހާއްސަ: ކާނާ ގަނޑުކުރާނެ ގޮތް

ރޯދަ މަހަކީ އަހަރެމެންގެ ތެރޭގައި ވަރަށްގިނައިން ކެއިންބުއިމުގެ ބާވަތްތައް ތައްޔާރުކުރާ، މަހެކެވެ. މި ގޮތަށް ގިނަ ބާވަތްތައް ތައްޔާރުކުރި ކަމަށް ވިޔަސް އިސްރާފު ނުވާނެ ގޮތަކަށް ޢަމަލުކުރަމާ ހެއްޔެވެ.

މި ލިޔުމުގައި މި ބަލާލަނީ ތައްޔާރުކޮށްފައި ހުންނަ ކާނާ ގަނޑުކުރާނެ ގޮތަށެވެ.

* ގަނޑުކުރަން ގަސްތުކުރާ ބައި، ކެއްކުމަށްފަހު ހިހޫވުމުން ދެ ގަޑިއިރުތެރޭ ގަނޑުކުރާށެވެ.
* ތައްޔާރުކޮށްފައި ހުރި ކާނާ މަތިޖެހޭ އައިސްކިއުބް ޓްރޭއަކަށް ނުވަތަ ތައްޓަކަށް އަޅާށެވެ.
* ޓްރޭއަށް ނުވަތަ ތައްޓަށް އަޅާއިރު ބައި އިންޗިވަރު ހުހަށް ބައިދަން ވާނެ އެވެ.
* މަތިޖެހެން ނެތްނަމަ ރަނގަޅަށް ވައި ބަންދު ނުވާނެހެން ޕްލާސްޓިކް ރެޕް އަޅާށެވެ.
* ގަނޑުކުރާ ބައިގައި ރޯމަސްފަދަ ތަކެތި ހުރިނަމަ އެތަކެތީގައި އެއްވެސް ވަރަކަށް ނުހޭކޭ ގޮތަށް ވަކިން ބަހައްޓާށެވެ.
* ގަނޑުވުމުން ކާނާ/ކިއުބްތައް ޓްރޭއިން ނެގުމަށް ފަހު އެކަމަށް ޚާއްސަކުރެވިފައި ހުންނަ ފްރީޒަ ކޮތަޅެއްގައި ނުވަތަ ވައިބަނދުވާ ތައްޓަކަށް އެޅުމަށްފަހު ގަނޑުކުރާ ބައިގައި ރައްކާކޮށްފައި ބަހައްޓާށެވެ.
* ތަށި ނުވަތަ ކޮތަޅުގައި ތައްޔާރުކުރި ތާރީޚް އަދި ކޮން ކާނާއެއްކަން އެމގޭނެ ގޮތަށް ލޭބަލް ކުރާށެވެ.

ކާނާ ފަހަށް ރައްކާ ކުރުމަކީ ކާނާގެ ޔަގީންކަން ކަށަވަރު ކުރުމަށް އެޅިދާނެ ރަނގަޅު ފިޔަވަޅެކެވެ.

މައުލޫމާތު: އެގްރިކަލްޗަ މިނިސްޓްރީ