Last Updated: April 11, 11:14
Friday, April 11, 2025
މުނިފޫހިފިލުވުން

'ރޭސް 4' ގެ ވިލަން އަކީ ހާޝްވަރުދަން

ބޮލީވުޑްގެ ކާމިޔާބު ފްރެންޗައިޒް "ރޭސް" ގެ ހަތަރު ވަނަ ވައިގެ މަސައްކަތް މި އަހަރު ފަށަން ޕްލޭންކޮށްފައިވާ އިރު، އެ ފިލްމުގެ ވިލަން އަކީ ހާޝްޗަރުދަން ރާނޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އޭނަގެ ކެރިއަރުގެ އެންމެ ފާހަގަކޮށްލެވޭ ފިލްމަކީ ދާދި ފަހުން ވެސް ސިނަމާތަކަށް ގެނެސް އާންމުންގެ ބޮޑު ތަރުހީބެއް ލިބުނު 2016 ގެ "ސަނަމް ތޭރީ ގަސަމް" އެވެ. ހާޝްވަރްދަން މިދިޔަ މަހުގެ ތެރޭގައި "ދީވާނީޔަތު" ކިޔާ ފިލްމަކަށް ވެސް ސޮއިކޮށްފައިވާ އިރު، "ރޭސް 4 " ގެ ވިލަންގެ ރޯލުން އޭނަ ފެނުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް މީޑިއާތަކުން ބުންޏެވެ.

މި ފިލްމުގެ ކާސްޓާ ބެހޭ ގޮތުން މި ފަހުން ގިނަ ވާހަކަތަކެއް ދެކެވިފައި ނަމަވެސް "ރޭސް" ގެ ފުރަތަމަ ދެ ބައިގެ މައިގަނޑު ތަރި ކަމަށްވާ ސައިފް އަލީ ޚާން ފިޔަވައި އެއްވެސް ކާސްޓަކު ފައިނަލްކުރިކަން މިހާތަނަށް ކަށަވަރުކޮށް ދީފައެއް ނުވެ އެވެ. އެކަމަކު ޕްރޮޑިއުސަރު ރަމޭޝް ތައުރާނީގެ ޓިޕްސްގެ ފިލްމުން ފެންނާނެ ކަމަށް ބުނާ ތަރިންގެ ތެރޭގައި ސިދާތު މަލްއުތުރާ، ރަކުކް ޕްރީތު ސިންގް، ވަމީގާ ގައްބީ އަދި ޝަރްވާރީ ހިމެނެ އެވެ.

މީޑިއާތަކުން ކުރިން ރިޕޯޓްކޮށްފައިވާ ގޮތުގައި "ރޭސް 4" ޑައިރެކްޓްކުރާނީ ސައިފްގެ 2003 ގެ "ކަލް ހޯ ނަ ހޯ" ގެނެސްދިން ނިކިލް އަދުވާނީ އެވެ. ނަމަވެސް މިހާރު އެންމެ ފަހުގެ ރިޕޯޓްތައް ބުނާ ގޮތުން ފިލްމުގެ ޑައިރެކްޝަން ހަވާލު ކުރަން ނިންމާފައި ވަނީ ސައިފް މުހިއްމު ރޯލެއް ކުޅުނު 2023 ގެ "އާދިޕުރުޝް" ގެ ޑައިރެކްޓަރު އޯމް ރައުތުއާ އެވެ.

"ރޭސް" ގެ ފުރަތަމަ ދެ ފިލްމު ޑައިރެކްޓްކުރީ އައްބާސް-މަސްތާން" އެވެ. ނަމަވެސް ކުރީގެ ދެ ބައިގައި ހިމެނޭ އެއްވެސް ކާސްޓެއް ނުލައި އަދި ލީޑްގައި ސަލްމާން ޚާން ހިމަނައިގެން ގެނެސްދިން "ރޭސް 3" ޑައިރެކްޓްކުރީ ރެމޯ ޑި ސޫޒާ އެވެ.