Last Updated: April 17, 05:57
Thursday, April 17, 2025
ޚަބަރު

ހާފިޒުން ދަސްވެނިވުމަށް ފުރަތަމަ ފަހަރަށް ހާއްސަ ހަފްލާއެއް

ޤުރުއާން ހިތި ދަސްކޮށްގެން ހާފިޒު ކަމުގެ ސަނަދު ހޯދާ މީހުން ދަސްވެނިވުމަށް ފުރަތަމަ ފަހަރަށް ހާއްސަ ހަފްލާއެއް ބޭއްވުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ހާފިޒުން ދަސްވެނިވުމަށް ބާއްވާ ތާރީޚީ ފުރަތަމަ ޚާއްޞަ ޙަފްލާ ރޯދަ މަހުގެ 27 ވިލޭރޭ ބާއްވާ ގޮތަށް ނިންމާފައިވާ ކަމަށެވެ. މި ޙަފްލާގައި 20-25 ދެމެދު އަދަދެއްގެ ޙާފިޒުން ދަސްވެނިވާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.

މިއީ ރާއްޖޭގެ ތާރީޚުގައި ވެސް މިކަމަށް ޚާއްޞަކޮށް ބޭއްވޭ މިފަދަ ފުރަތަމަ ޙަފްލާ ކަމަށްވެސް ވިދާޅުވި އެވެ.

ޤުރުއާން ހިތުދަސްކޮށް ނިންމާ ދަރިވަރުންނަށް ހިތްވަރު ދިނުމުގެ ގޮތުން ޢުމްރާ އަށް ފޮނުވުމުގެ ޕްރޮގްރާމެއް ވެސް އިސްލާމިކް މިނިސްޓްރީން ވަނީ ފަށާފަ އެވެ.

މީގެއިތުރުން ޤުރުއާން ހިތުދަސްކުރާ ހާފިޒުންނަށް ދައުލަތުން ދޭ އިނާޔަތް ދެ ގުނަ ބޮޑުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވާފަ އެވެ.