އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ ނަޒާހަތްތެރިކަން އިސްކޮށްގެން ކަމަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ރާއްޖޭގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން ބުނެފި އެވެ.
އައިއޭސީ އަށް އަމާޒުވަމުންދާ ތުހުމަތުތަކާއި ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ އައިއޭސީން ކޮށްފައިވާ އެންމެހާ ޚަރަދުތައް އޯޑިޓް ރިޕޯޓްތަކުގެ ފައިނޭންސް ސްޓޭޓްމަންޓްގައި ތަފްސީލުކޮށް ފެންނަން ހުންނާނެ ކަމަށާއި، އައިއޭސީގެ އޯޑިޓްތަކަކީ ވަރަށް ތަފްސީލީ ދެފުށް ފެންނަ ރިޕޯޓްތަކެއް ކަމަށެވެ.
އައިއޭސީން ކުރާ މަސައްކަތްތަކަކީ ރައްޔިތުންނާއި ވަރަށް ގާތުން ދެފުށް ފެންނަ ގޮތަށް ކުރެވޭ މަސައްކަތްތަކެއް ކަމަށާއި އޮޑޓް ރިޕޯޓްތަށް ޝާއިޢު ކުރެވިގެން ދިޔައިރުން ފެށިގެންވެސް އެ ޖަމިއްޔާގެ ބޯޑު މެމްމަބަރުންނާއ،ި އެތައް ޤައުމެއްގައި ރެއާއި ދުވާލު ވަރުބަލިކަމެއްނެތ،ި އެތަކެއް ނުރައްކަލެއްގައި މަސައްކަތް ކުރާ
މުވައްޒަފުންނާއ،ި އޮޑިޓާސް އަށް އަމާޒުވާގޮތަށް ސޯޝަލް މީޑިޔާގައި ފަތުރަމުންދާ ދޮގުތަށް ހަރުކަށި އިބާރާތުން އެ ޖަމިއްޔާ އިން ވަނީ ކުށްވެރިކޮށްފަ އެވެ.
"ނަޒާހާތްތެރިކަން އިސްކޮށް ދެފުށް ފެންނަ ގޮތަށް މިއަދާ ހަމަޔަށް މަސައްކަތް ކުރަމުން އައި އަޅުގަނޑުމެންގެ ބޯޑު މެމްބަރުންނާއި މުވައްޒަފުންނާ ގުޅޭ ގޮތުން ފަތުރަމުންދާ ވާހަކަ ތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެކެވެ،" އެ ބަޔާނުގައިވެ އެވެ.
އައިއޭސީން ވަނީ އެ ޖަމްޢިއްޔާ މެދުވެރިކޮށް އެހީވާ އަދި އެހީވާން ބޭނުންވާ ފަރާތްތަކަށް އެ ޖަމްޢިއްޔާގެ މަސައްކަތްތަކާމެދު ސުވާލެއް އުފެދޭނަމަ ސީދާ އެ ޖަމްޢިއްޔާއާ ގުޅުމަށާއި އަދި އެއްވެސް ހާލަތެއްގައި ސޯޝަލް މީޑިއާގައި ފެތުރޭ ވާހަކަތަކުގައި ޖެހި ޙަޤީޤަތް ބެލުމެއް ނެތި އެ ވާހަކަތައް ފެތުރުމުން ދުރުހެލިވުމަށް އިލްތިމާސްކޮށްފަ އެވެ.
މީގެއިތުރުން މިވަގުތާ ހަމައަށް ވެސް އެ ޖަމްޢިއްޔާ މެދުވެރިކޮށް އެހީވެދޭ ފަރާތްތަކުގެ އަދަދު މަދުނުވެ، އިތުރުވަމުން ގޮސްފައިވަނީ އެ ޖަމްޢިއްޔާ ފެށުނީއްސުރެ ގެންގުޅެމުންދިޔަ ދެފުށްފެންނަ އުސޫލުތަކުގެ ސަބަބުން ކަމަށްވެސް ބުނެފައިވެ އެވެ.