ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ވީއައިއޭ) ގެ އ ޓާމިާނަލް ހުޅުވުމުން އެއާޕޯޓުގެ ޓްރެފިކް ފްލޯއަށް އަންނާނެ ބަދަލުތަކާ ގުޅޭ ގޮތުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް އެމްއޭސީއެލް) އާ އެކު ޓްރާންސްޕޯޓް މިނިސްޓްރީން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި ވެ.
އިއްޔެ ބޭއްވި ބައްދަލުވުމުގައި، އާ ޓާމިނަލް ހުޅުވުމުން ޓެކްސީ ކިއުއަށް އަންނާނެ ބަދަލުތަކާއި، ޓެކްސީ އާއި ހަތަރު ފުރޮޅުލީ ވެހިކަލްތައް ދަތުރުކުރާނެ މަގުތަކަށް އަންނާނެ ބަދަލުތަކާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވެ އެވެ.
މީގެ އިތުރުން ވެހިކަލްތައް ޕާކުކުރުމަށް އެމްއޭސީއެލުން ހަމަޖައްސާނެ ސަރަޙައްދުތަކާ ގު ޅޭގޮތުން ވެސް މަޝްވަރާކުރި އެވެ.
ބައްދަލުވުމުގައި އިތުރަށް މަޝްވަރާކުރެވުނު ކަންތައްތަކުގެ ތެރޭގައި، އެއާޕޯޓު ސަރަޙައްދުގައި ބަހައްޓާ "ރައުންޑް އެބައުޓް" ބޭނުންކުރާނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާކުރި އެވެ.
މި ބަދަލުތަކަކީ އާ ޓާމިނަލްގެ ހިދުމަތް ފެށުމާއެކު އެއާޕޯޓުގެ ދަތުރުފަތުރުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، ފަސިންޖަރުންނަށް ފަސޭހަކަމާއެކު ޚިދުމަތް ލިބިގަތުމަށް މަގުފަހިކުރުމަށް ގެނެވޭ ބަދަލުތަކެއް ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުންޏެވެ.
އެގޮތުން ބަދަލުތަކާއެކު ވީއައިއޭގެ ޚިދުމަތްތައް އިތުރަށް ފުޅާވެ، ރާއްޖޭގެ ޓޫރިޒަމް ދާއިރާ އަށް އިތުރު ކުރިއެރުންތަކެއް ލިބޭނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
އާ ޓާމިނަލް މި އަހަރުގެ އޮކްޓޯބަރުގެ ކުރިން ހުޅުވަން ސަރުކާރުން އޮތީ އަމާޒު ހިފައިފަ އެވެ.