ޔޫތު މިނިސްޓްރީން އިންތިޒާމުކޮށްގެން ރޯދަ މަހަށް ހާއްސަކޮށްގެން "ޒުވާނުންގެ ބަދިގެ" ކައްކާ ޕްރޮގްރާމް މިއަހަރު ވެސް ބާއްވަން ނިންމައިފި އެވެ.
މި ޕްރޮގްރާމް ހިންގުމުގެ މަުސަދަކީ ކެއްކުމުގެ ދާއިރާއަށް ޝައުގުވެރިކަން ހުންނަ ޒުވާނުންނަށް ދާއިރާއިން ކުރިޔަށް ދިޔުމަށް ފުރުސަތުތައް ފަހިކޮށް ދިނުމާއި، ދާއިރާގެ އިލްމީ އަދި ތަޖުރިބާ ހުރި ބޭފުޅުންގެ ފަންނީ މައުލޫމާތުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ޒުވާނުންނަށް ހިއްސާކުރުމެވެ.
މި ޕްރޮގުރާމް ހާއްސަކޮށްފައި ވަނީ 16-35 އަހަރުގެ މީހުންނަށެވެ. ހިލޭ ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ އިރު މިއަދު މެންދުރު ފަހު 1:00 ގެ ކުރިން ޕްރޮގުރަމުގައި ބައިވެރިވުމަށް ރަޖިސްޓްރީވާން ޖެހޭނެ އެވެ.
ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައި ވަނީ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒްގަ އެވެ.
"ޒުވާނުންގެ ބަދިގެ" ކުރިއަށް ގެންދާނީ ހަތަރު އެޕިސޯޑަކަށް ބަހާލައިގެން ތަފާތު ހަތަރު ވައްތަރުގެ ކެއުން ތައްޔާރުކުރާ ގޮތަށެވެ. ޕްރޮގްރާމްގެ އެޕިސޯޑްތައް ދައްކާނީ ދިވެހި ޗެނަލްއިންނެވެ.
އެޕިސޯޑް ދެއްކުމަށް ހަމަޖެހިފައިވާ ދުވަސްތައް:
* އެޕިސޯޑް 1: މާޗް 14 ގައި
* އެޕިސޯޑް 2: މާޗް 21 ގައި
* އެޕިސޯޑް 3: މާޗް 28 ގައި
* އެޕިސޯޑް 4: މާޗް 31 ގައި
"ޒުވާނުންގެ ބަދިގެ" ކުރިއަށް ގެންދާނީ ތަޖުރިބާކާރު ޒުވާން ޝެފެއް ކަމަށްވާ މުމީތުއާ އެކީގަ އެވެ.