Last Updated: April 2, 22:48
Wednesday, April 2, 2025
ޚަބަރު

ރަމަޟާން އީ-ސްޕޯޓްސް ފެސްޓިވަލް ބާއްވަނީ

"ރަމަޟާން އީ-ސްޕޯޓްސް ފެސްޓިވަލް 2025" ބާއްވަން ތައްޔާރުވެއްޖެ އެވެ.

ޔޫތު މިނިސްޓްރީ އާއި އުރީދޫ މޯލްޑިވްސްއާ ގުޅިގެން ރާއްޖޭގެ ގޭމަރުންނަށް ހާއްސަކޮށް ރޯދަ މަހު މި ފެސްޓިވަލްގައި އޮންލައިން އަދި އޮފްލައިން ގޭމިން މުބާރާތްތައް ބޭއްވުމަށް ހަމަޖެހިފައިވެ އެވެ. އޭގެ ތެރޭގައި ޕަބްޖީ، އީއޭއެފްސީ އަދި ޓެކެން ހިމެނެ އެވެ.

މުބާރާތް އޮންނާނީ މި މަހުގެ 12-14 އަށެވެ.

ކޮންމެ ގޭމެއްގެ 1 ވަނައަށް އަންނަ ފަރާތަށް 5،000ރ. ގެ ފައިސާގެ އިނާމެއް ލިބޭނެ އެވެ. ދެވަނައަށް 3،000ރ. ލިބިގެންދާ އިރު ތިންވަނަ އަށް 2،000ރ. ލިބޭނެ ވެ.

ފެސްޓިވަލްގައި ބައިވެރިވާން ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މާދަމާ ހަވީރު 6:00 އާ ހަމައަށެވެ.