Last Updated: April 22, 11:53
Tuesday, April 22, 2025
ޚަބަރު

ރެޖިސްޓްރާ އޮފް ކޮމްޕެނީޒްގެ މަގާމަށް ޝަމްއާ

ރެޖިސްޓްރާ އޮފް ކޮމްޕެނީޒްގެ މަޤާމަށް މަރިޔަމް ޝަމްއާ އިސްމާއީލް ހަމަޖައްސައިފި އެވެ.

މި މަގާމަށް ޝަމްއާ ހަމަޖެއްސީ އެ މަގާމުގައި ކުރިން ހުންނެވި މަރިޔަމް ވިސާމް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ޝަމްއާއަކީ ބެޗްލާސް އޮފް ލޯ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން އޭނާ ބެޗެލާސް ހާސިލްކުރެއްވީ ޔުނިވާސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑް ބްރިސްޓްލް އިންނެވެ.

މި މަގާމަށް ހަމަޖެއްސުމުގެ ކުރިން ޝަމްއާ ހުންނެވީ ކޮންސިއުމާ އޮމްބަޑްސްމަންގެ މަގާމުގަ އެވެ. އޭގެ ކުރިން އޭނާ ވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ލީގަލް ކޮންސަލްޓަންޓެއްގެ މަގާމު ވެސް ފުރުއްވާފަ އެވެ.

މީގެއިތުރުން ހިއުމަންރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސްގެ ލީގަލް އެންޑް ޕޮލިސީގެ ޑިރެކްޓަރުގެ މަގާމާއި ސުޕްރީމް ކޯޓުގެ ރެޖިސްޓްރާގެ މަގާމު ވެސް އޭނާ ފުރުއްވާފައިވެ އެވެ.